މާލެ އަތޮޅުގައި އޮންނަ ވަންއެންޑްއޮންލީ ރީތި ރަށް ރިސޯޓުގެ ވޯޓާވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ރޭ ހިނގައިފި އެވެ.
ރޭ ދަންވަރު 2:57ގައި އެމްއެންޑީއެފުން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ މުއައްސަސާގެ ފަޔާ ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެތަނުގެ ފުރާޅުގައި ރޯވި އަލިފާންގަނޑު ރިސޯޓުގެ މުވައްޒަފުން ވަނީ ކޮންޓްރޯލްކޮށް، ނިއްވާލައިފަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ. ނަމަވެސް ވޯޓާ ވިލާގެ ފުރާޅަށާއި ސީލިންއަށް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފަ،
އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ވޯޓާވިލާގެ ފުރާޅާއި ސީލިންގަށް ގެއްލުން ލިބުނެވެ.