March 19, 2026
Advertisement
ވަގަށް ގެންދިޔަ ސާމާނު ފުލުހުން ހޯދުން
ވަގަށް ގެންދިޔަ ސާމާނު ފުލުހުން ހޯދުން / ޕޮލިސް

ވަގަށް ގެންދިޔަ ދެ މިލިއަން ރުފިޔާގެ ތަކެތި ހޯދައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 2, 2025, 12:10 AM
މާލެ ސިޓީ

މާލޭގެ ގެއަކުން ވަގަށް ނެގި ދެ މިލިއަން ރުފިޔާގެ ތަކެތި ފުލުހުން ހޯދައިފި އެވެ.

Advertisement

ރޭ ހިނގި މިހާދިސާ އާއި ގުޅޭ ގޮތުން ފުލުހުން ބުނީ ގަލޮޅުގައި ހުންނަ ގެއަކުން ވަގަށް ނަގާފައިވާ ދެ މިލިއަނެއްހާ ރުފިޔާގެ އަގުހުރި ތަކެތި ހޯދާފައިވާ ކަމަށެވެ. އަދި އެތަކެތި އޭގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަަށެވެ.

ވަގަަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ކެމެރާއާ ލެޕްޓޮޕާއި ފޯނާއި އެހެނިހެން ސާމާނު ހިމެނެ އެވެ. އަދި ފައިސާ ވެސް ވަގަށް ނަގާފައިވެ އެވެ.

މިތަކެތި ހޯދާފައިވަނީ މައްސަލަ ހުށަހެޅުމާއެކު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޮންސް އެންޑް ޕެޓްރޯލް ގުޅިގެން ކުރި މަސައްކަތުން ކަމަށް ފުލުހުން ބުނެ އެވެ.

ވައްކަމުގެ އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް އަދި އެ ތަކެތި ހޯދި ގޮތެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

މާލޭގައި ވައްކަމުގެ މައްސަލަތައް އިންތިހާއަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން ކޮންމެ ދުވަހަކުހެން ވައްކަމުގެ މައްސަލަތަކުގައި އެތައް ބަޔަކު ހައްޔަރުކޮށް ބަންދުކުރެ އެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved