މޫސުން ގޯސް / ޕޮލިސް
ހަބަރު
މޫސުމަށް ސަމާލުވޭ: ފުލުހުން
Aminath Zara
އައިމިނަތު ޒާރާ
01 ޖެނުއަރީ 2025
މާލެ ސިޓީ

ރާއްޖޭގެ ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދަތުރުފަތުރު ކުރާ ފަރާތްތައް ސަމާލުވުމަށް ދިވެހި ފުލުހުންގެ އިދާރާއިން އިލްތިމާސްކޮށްފި އެވެ.

މިގޮތުން، މޫސުމަށް ސަމާލުވުމުގެ އިރުޝާދު ދެއްވަމުން ފުލުހުން މިއަދު މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެއްގަމު އުޅަނދު ދުއްވާއިރު ސަމާލުކަން ދޭންވީ ވައިގަދަ ވަގުތުތަކުގައި ކޮންޓްރޯލްކުރެވޭ މިންގަނޑެއްގައި ސައިކަލް ހިފެހެއްޓުމާއި، ވިއްސާރާގައި އުޅަނދު ދުއްވާއިރު ހެޑްލައިޓް ދިއްލުމަކީ ރައްކާތެރިކަމެއް ކަމަށާއި، ވަޔާއެކު ހަލާކު ނުވާނެ ފަދަ ވިއްސާރަ ކޯޓް ބޭނުންކޮށް، ބުރުގާ އަޅުއްވާ ފަރާތްތަކުން، ވަޔާއެކު ބުރުގާ މޫނުމައްޗަށް ނުދާނެހެން ބެހެއްޓުމާއި އަދި މީގެ އިތުރުން މަގުމަތީގައި އުޅަނދު ދުއްވާއިރު ހިނގާ މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ.

އަދި ކަނޑު ދަތުރުފަތުރު ކުރާއިރު ސަމާލުކަން ދޭންވީ މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަނަކަން ފުރިހަމަވެފައިވޭތޯ ޔަަގީންކުރުމަށާއި، އުޅަނދަށް އެކަށީިގެންވާ ވަރަށްވުރެ އިތުރަށް މީހުން ނޭރުވުމަށާއި އަދި އުޅަނދަަކަށް ކަނޑައެޅިފައިވާ މިންގަޑަށް ވުރެ އިތުރަށް މުދާ ބަރުނުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ހަފްތާއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިވެ ތިބުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved