March 19, 2026
Advertisement
އައު އަހަރާ ދިމާކޮށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ބަނގުރާ ގެންގުޅެ، އެއިން ވިޔަފާރި ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 3 މީހުން
އައު އަހަރާ ދިމާކޮށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ބަނގުރާ ގެންގުޅެ، އެއިން ވިޔަފާރި ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 3 މީހުން / ޕޮލިސް

ބަނގުރަލާ އެކު ހައްޔަރު ކުރި މީހުން ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 2, 2025, 12:49 AM
މާލެ ސިޓީ

އާ އަހަރު ފާހަގަކުރުމާ ދިމާކޮށް ބަނގުރަލާ އެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

Advertisement

މިއީ މީލާދީ އާ އަހަރާ ދިމާކޮށް ފުލުހުން ހިންގި މަސްތުވަތާކެތީގެ އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރި ބައެކެވެ.

މި މައްސަލައިގައި ހައްޔަރުކުރީ މާލޭ ގ. ރެއިންބޯ، އުމުރުން 26 އަހަރުގެ އިސްމާއީލް މާހީން މުސްތަފާއާއި، ސ. ހުޅުދޫ ހެޕީޑްރީމްސް، އުމުރުން 19 އަހަރުގެ އިބްރާހީމް އަކްމަލް އަބްދުއްސައްތާރުގެ އިތުރުން، ސ. ހުޅުދޫ ޗާންދަނީގޭ އުމުރުން 22 އަހަރުގެ އަހްމަދު އާނިޝްއެވެ.

އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކޮށް ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، އާ އަހަރާ ދިމާކޮށް ބަނގުރަލާއި މަސްތުވާތަކެތި ބޭނުން ކުރުން އިތުރުވެދާނެތީ ފުލުހުން އޮތީ ދުރާލައި ހާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved