އެމެރިކާގެ ނިއު އޯލިއަންސްގައި އާ އަހަރު ފާހަގަކުރަމުން ދަނިކޮށް ޕިކަޕް ޓްރަކަކުން ޖައްސައި މަރާލި މީހުންގެ އަދަދު 15 އަށް އަރައިފި އެވެ.
މި އެކްސިޑެންޓެއްގައި 15 މީހުން މަރުވެ އެތައް ބަޔަކު ޒަހަމް ވެފައިވާއިރު، އާ އަހަރާ ދިމާކޮށް ބޭއްވި އުފާފާޅުކުރުން ބޮޑު ބިރުވެރިކަމަކަށް ބަދަލުވިކަމަށް މަންޒަރު ދުށް މީހުން ސިފަކުރެ އެވެ. މި ހަމަލާގައި އަނިޔާވި ގިނަ ބަޔަކަށް އަންނަނީ ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުން ނެވެ.
އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ހާމަކުރި ގޮތުގައި ޓްރަކް ދުއްވަން ހުރީ އެމެރިކާގެ ޓެކްސަސްއަށް ނިސްބަތްވާ ޝަމްސުއްދިން ޖައްބާރު، 42 އެވެ.
ޝަމްސުއްދީން ޑްރަކް ދުއްވިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ނުބެލެވޭ ކަމަށް ނިއު އޯލެންސްގެ ފުލުހުން ބުންޏެވެ.
މީހުންގެ ގައިގައި ޓްރަކް ޖައްސަމުން ދަނިކޮށް ވެހިކަލެއްގައި ޖެހި ހުއްޓުމުން، ޝަމްސުއްދީން ވަނީ އޭނާ އަތުގައި އޮތް ބަޑިން ފުލުހުންނަށް ހަމަލާ ދިނެވެ. ރައްދުގައި ފުލުހުން ދިން ހަމަލާގައި އޭނާ މަރައިލި އެވެ.
އޭނާ ދުއްވަމުން ޓްރަކުގައި ހަރުކަށި ފިކުރުގެ ހައްދުފަހަނައަޅާފައިވާ ޖަމާއަތް -- އައިއެސްގެ ލޯގޯ ޖަހާފައިވާތީ މިއީ ޓެރަރިސްޓުންނާ ގުޅުންހުރި ޓެރަރިސްޓް އަމަލެއްގެ ގޮތުގައި އެމެރިކާގެ ކަމާ ގުޅޭ އިދާރާތަކުން ވަނީ ސިފަކޮށްފަ އެވެ.
އަދި މިކަމުގެ ފަހަތުގައި އިތުރު ބަޔަކު ތިބި ކަމަށް ބެލެވޭ ކަމަށް ތުހުމަތުކޮށް އެ ބަޔަކު ހޯދާނެ ކަމަށް ތަހުގީގީ އިދާރާތަކުން ބުނެ އެވެ.