ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި ވާހަަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން
ހަބަރު
އިންވެސްޓްމަންޓް ބޭންކް ހުރީ ފިނޭންސް މިނިސްޓްރީގައި ހުރި ކޮޓަރިއެއްގައި: ރައީސް ޔާމީން
Qudhrathullah Ameen
ގުދުރަތުﷲ އަމީން
03 ޖެނުއަރީ 2025
މާލެ ސިޓީ

މި ސަރުކާރުން ހުޅުވަން އުޅުނު އިންވެސްޓްމަންޓް ބޭންކް ހުރީ ފިނޭންސް މިނިސްޓްރީގައި ހުރި ކޮޓަރިއެއްގައި ކަމަށް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފުން މިފަހުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ދައްކަވާ ވާހަކަތަކުގެ ބަހާއި އަމަލާއި ދިމާވާނެ ކަމަށް ވިދާޅުވި ނަމަވެސް ފެންނަނީ ބަހާއި އަމަލު ދިމާ ނުވާތަން ކަމަށާއި ވިދާޅުވާ އެއް ވެސް ކަމެއް ދިމާ ވެސް ނުވާ ކަމަށެވެ.

އިންވެސްޓްމަންޓް ބޭންކް އެއް ގެންނަ ވާހަކަ ދެއްކި، ކޮބާތޯ އެ އިންވެސްޓްމަންޓް ބޭންކް، ސައީދު ކުރެން އައްސަވަ، ފިނޭންސް މިނިސްޓްރީގައި ހުރި ކޮޓަރިއެއްގައި އެބަހުރި އިންވެސްޓްމަންޓް ބޭންކް ޖަހާލާފަ، އެތަނުން ކުރި ކަމެއް ހަރާން، ފިނޭންސް މިނިސްޓްރީގައި ކޮޓަރިއެއްގައި އެބަހުރި އިންވެސްޓްމަންޓް ބޭންކް ޖަހާލާފަ، ކުރާ ކަމެއް ހަރާން

- ރައީސް ޔާމީން

ރައްޔިތުންނަށް އޮޅުވާލައިގެން ކިހާ ދުވަހަކު އުޅެވިދާނެ ތޯ އައްސަވާ ދެން ރައީސް ޔާމީން ވިދާޅުވީ އެފަދަ ކަންކަން ނުކުރެއްވުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު އުފައްދާވާފައި ވަނީ ނިމުނު މޭމަހުގެ 16 ވަނަ ދުވަހު އެވެ. ރާއްޖޭގައި އުފެއްދި ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް (ޑީބީއެމް) އިފްތިތާހުކުރީ 16 ނޮވެމްބަރ 2024ގައި އެވެ.

"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި މި ބޭންކު ދިވެހި ސަރުކާރުގެ 100 އިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގަ އެވެ.

ޑިވެލޮޕްމަންޓް ބޭންކް އަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އެ ކުންފުނި އުފެއްދުމުގެ މަގުސަދުތަކުގެ ތެރޭގައި ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށް ދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރު ކުރިން ހިމެނެ އެވެ.

ޑިވެލްޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ވާނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ރިސޯޓުތައް ހެދުމަށާއި، ރިއަލް އެސްޓޭޓާއި، ހައުސިން މާކެޓުގެ އިތުރުން އެހެނިހެން ދާއިރާތަކުން ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކުގެ ހަބަކަށްކަމަށްވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް ބޭންކް އިފްތިތާހުކުރި ފަހުން މިހާރު ދެ މަހާއި ގާތް ވެފައިވާއިރު އެ ބޭންކުން ކުރިކަމެއް އަދި ބޭންކް ހުޅުވާފަ ހުންނަ ގަޑިއެއް ހިދުމަތް ހޯދަން ދާންވީ ތަނެއް އިނގޭމީހަކު ސަރުކާރު ތެރޭގައި ވެސް ނޫޅެ އެވެ

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved