މާލޭމަގުތަކުން ފެން ހިންދަނީ / އެމްއެންޑީއެފް
ހަބަރު
މާލޭ މަގުތަކުން 30،500 ޓަނުގެ ފެން ބޭރުކޮށްފި ކަމަށް މުއިއްޒު ސަރުކާރުން އިއުލާންކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
04 ޖެނުއަރީ 2025
މާލެ ސިޓީ

މާލެއަށް އިއްޔެ ވެހުނު ބޯވާރޭގައި މާލޭގެ މަގުތަކުން 30،569 ޓަނުގެ ފެން ބޭރުކޮށްފައިވާ ކަމަށް ރައީސް މުއިއްޒު ސަރުކާރުން ހާމަކޮށްފި އެވެ.

މާލެއަށް އިއްޔެ މެންދުރުން ފެށިގެން ރޭ ދަންވަރާ ހަމައަށް ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން މަގުތަކުގައި ފެން ބޮޑުވެ އެތައް ބައެއްގެ އާއްމު ދިރިއުޅުމަށް ދަތިވެ، އެތައް ފިހާރައެއް ބަންދު ކުރަން ޖެހުނެވެ.

އެމްއެންޑީއެފް އިން ބުނީ އިއްޔެ ހެނދުނު 11:37 ގައި ފެން ހިންދުމަށް ފެށި އޮޕަރޭޝަން މިއަދު ހެނދުނު 8:30 ގައި ނިންމާލާފައިވާ ކަމަށެވެ.

މިއަދު ހެނދުނު އެމްއެންޑީއެފް އިން ވަނީ މާލޭގެ ވެސްޓްޕާކް ސަރަހައްދުގައި ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ. މި އޮޕަރޭޝަން ފަށާފައި ވަނީ އިއްޔެ 11:37 ހާއިރު އެވެ. މިއަދު ހެނދުނު 8:30 ގައި މި އޮޕަރޭޝަން ނިންމާލާފައިވާއިރު، 30،569 ޓަނުގެ ފެން މާލޭން ހިންދާފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

ރޭގައި އެ އިދާރާއިން ބުނެފައި ވަނީ ފެން ހިންދުމަށް ޖުމްލަ 17 ޕަމްޕް ބޭނުންކޮށްފައިވާ ކަމަށެވެ. 

މާލޭގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ގެއްލުންވި އެވެ. ބައެއް ރަށްތަކަށް ވަަރަށް ބޮޑަށް އުދަ އަރައި ގެއްލުންވިއިރު ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ރަށްރަށުގެ ގެތަކަށް ވެސް ގެއްލުންވި އެވެ.

މޫސުމާ ބެހޭ އިދާރާ އިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 48 ގަޑިއިރު މަޑުމަޑުން މޫސުން ދާނީ ރަނގަޅުވަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved