މޫސުން އަންނަނީ ރަނގަޅު ވަމުން / ޕޮލިސް
ހަބަރު
ކުރިއަށް އޮތް ދެ ދުވަސް ތެރޭ މޫސުން ރަނގަޅުވާނެ: މެޓް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
04 ޖެނުއަރީ 2025
މާލެ ސިޓީ

ރާއްޖެއަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މޫސުން ގޯސްވިޔަސް ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ މޫސުން މަޑުމަޑުން ރަނގަޅުވާނެ ކަމަށް މެޓު އޮފީހުން މިއަދު ބުނެފި އެވެ.

ރާއްޖެ އަށް އިރުވައި މޫސުން ފެށި، ވިއްސާރަ ވެފައިވާއިރު އިއްޔެ ވެހުނު ވާރޭގައި އުތުރާއި މެދުރާއްޖެ ތެރޭގެ ގިނަ ރަށްރަށުގައި ފެންބޮޑުވެ ގެއްލުންތައްވި އެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ ސަރަހައްދަށް ހުޅަނގާއި ހުޅަނގު އުތުރުން އެހެން ހިސާބުތަކަށް އިރު އުތުރާއި އިރުން ގަޑިއަކު އަށް މޭލާއި 18 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގައި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ކަމަށާއި ވިލާގަނޑުގައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެ އެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަ ފޫޓު ހުންނާނެ އެވެ.

މެޓުން ބުނީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ މޫސުން މަޑުމަޑުން ރަނގަޅު ވާން ފަށާނެ ކަމަށެވެ. އަދި އެހާތަނަށް ކަނޑުތައް މަޑުވާން ފަށާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެ އެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved