އެމްއެންޑީއެފް ކޯސްޓްގާޑް އެއް ކަނޑުމަތީ ހަރަކާތްތެރިވަނީ / އެމްއެންޑީއެފް
ހަބަރު
ސަފާރީއަކުން ކަނޑަށް ވެއްޓުނު މީހަކު ހޯދަނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
10 ޖެނުއަރީ 2025
މާލެ ސިޓީ

ސަފާރީއަކުން ރޭ ކަނދުމައްޗަށް ވެއްޓުނު ދިވެހި ފިރިހެނަކު ނުފެނިގެން ސިފައިންގެ އެހީތެރިކަމާ އެކު ހޯދަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ އދ. އަތޮޅުގެ ރިސޯޓެއް ކައިރީގައި އޮތް "ނޯތު 7" ކިޔާ ސަފާރީން އޭނަ ކަނޑަށް ވެއްޓި ގެއްލިގެން ރިޕޯޓްކުރީ މިއަދު ކަމަށެވެ.

އަދި އަރުޝަދު ރޭގެ ވަގުތެއްގައި ސަފާރީގެ ޑެކްމަތީގައި ހުއްޓައި ވެއްޓި، އަރިމަތީ ޑެކްގައި ޖެހި މޫދަށް ވެއްޓިފައިވާކަން ސީސީޓީވީ ކެމެރާ ފުޓޭޖުން އެނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހާގެ ހޯދުމުގެ މަސައްކަތް ސިފައިންގެ އެހީތެރިކަމާ އެކު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ގެއްލިގެން ހޯދަނީ ނ. ހޮޅުދޫ ސީވީޑް، އަލީ އަރުޝަދު، 35، އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved