February 19, 2026
Advertisement
ސަފާރީން މޫދަށް ވެއްޓި ގެއްލިގެން ހޯދަމުންދިޔަ މީހާގެ ހަށިގަނޑު ލޯންޗަށް އަރުވަން މަސައްކަތް ކުރި ވަގުތު --
ސަފާރީން މޫދަށް ވެއްޓި ގެއްލިގެން ހޯދަމުންދިޔަ މީހާގެ ހަށިގަނޑު ލޯންޗަށް އަރުވަން މަސައްކަތް ކުރި ވަގުތު -- / އެމްއެންޑީއެފް

ސަފާރީން ކަނޑަށް ވެއްޓުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 10, 2025, 10:03 PM
މާލެ ސިޓީ

އދ. އަތޮޅު މިރިހި އައިލެންޑް ރިސޯޓް ކައިރީގައި އޮތް “ނޯތު 7” ނަމަކަށް ކިޔާ ސަފާރީން މޫދަށް ވެއްޓި ގެއްލިގެން ހޯޑަމުންދިޔަ މީހާ މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

Advertisement

ސަފަރީއެއްގައި ދަތުރުކުރަމުން ދަނިކޮށް ކަނޑަށް ވެއްޓިގެން، ފުލުހުންނާއި ސިފައިން ގުޅިގެން މިއަދު ހޯދަން ފެށީ އަލީ އަރުޝަދު (35އ) ސީވީޑް، ނ. ހޮޅުދޫއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، އަރުޝަދުގެ ހަށިގަނޑު ކަނޑުގެ 69 މީޓަރު އަޑިން ހޯދާފައިވާ ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ އަރުޝަދު ގެއްލިގެން ރިޕޯޓު ކުރީ މިއަދު ހެނދުނު ކަމަށެވެ. އެ ރިޕޯޓު ލިބުމާ ގުޅިގެން ސަފާރީގެ ސީސީޓީވީ ފުޓޭޖު ބެލުމުން، ސަފާރީގެ ޑެކު މަތީގައި ހުއްޓައި އަރުޝަދު ވެއްޓި އަރިމަތީގައި ޖެހިފައި މޫދަށް ވެއްޓޭ މަންޒަރު ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

އަރުޝަދުގެ ހަށިގަނޑު ހޯދުމަށް ފުލުހުންނާއި ސިފައިން ގުޅިގެން މަސައްކަތް ކުރި އެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved