February 19, 2026
Advertisement
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް / ތޭރަ އޮންލައިން

ޣައްސާން އިންޑިއާއަށް ހާޒިރު ކުރީ ކުޑަ ކަކޫ ޖައްސަން: ރައީސް ޔާމީން

Jan 10, 2025, 11:04 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އިންޑިއާއަށް ހާޒިރު ކުރީ ކުޑަ ކަކޫ ޖަންސަންކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

ދިވެހިންގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރޫ އަރާނެފަދަ އެއްވެސް ކަމެއް އެމަނިކުފާނުގެ ޒައާމަތެއްގައި ނުވާނެކަން އިންޑިއާއަށް އިނގޭނެކަން ރައީސް ޔާމީންގެ ވާހަކައިގައި ވިދާޅުވިއެވެ. އަދި އެހެން ކޮންމެ ބޭފުޅަކީ މޮޑޭ ފުށްގަނޑެއްހެން މޮޑެވޭނެ ބައެއްކަންވެސް އިންޑިއާއަށް އިނގޭކަން ފާހަގަ ކުރެއްވިއެވެ.

މާދަން ކަންނޭނގެ ޣައްސާން އެ ދަނީ. އެ ހާޒިރު ކުރަނީ. ތަހުގީގަށް އެ ހާޒިރު ކުރަނީ. ކުޑަ ކަކޫ ޖައްސަން އެ ގެންދަނީ.

ރައީސް ޔާމީން

ފާއިތުވި އަހަރެއްހައި ދުވަސްތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މި ސަރުކާރުގެ އެކި ފަންތީގެ ބޭބޭފުޅުން އިންޑިއާއަށް އެތައް ފަހަރެއްގެ މަތިން ވަޑައިގެންފައިވެއެެވެ.

ގައްސާން މައުމޫން އިންޑިއާއަށް ރަސްމީ ދަތުރެއް މިހާރު ކުރައްވަމުން ގެންދަވާއިރު، އޭނާއަކީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް އާއި ޕީއެންސީ އޮތްއިރު އެ ދެ ޕާޓީން ހިންގި އިންޑިއާ އައުޓް ހަރަކާތުގެ އެންމެ އިސް އެއް ބޭފުޅާ އެވެ. އަދި އިންޑިއާ އައުޓް ހަރަކާތުގައި ރައީސް ޑރ، މުއިއްޒު ހިމެނޭހެން މި ސަރުކާރުގެ ގިނަ މިނިސްޓަރުންނާއި ސިޔާސީ ވެރިން ބައިވެރިވެ ލެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved