
މިއަދު ވޯޓެއް ނެގިއަސް 5 އިންސައްތަވެސް ރައީސް މުހައްމަދު މުއިއްޒަށް ނުލިބޭނެކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓްގައި އިސްކޮށް ހަރަކާތްތެރިވަމުންގެންދަވާ އަހްމަދު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ވަހީދު މިފައިން ވިދާޅުވެފައިވަނީ ކުރެއްވި އެކްސް ޕޯސްޓެއްގައިއެވެ.
ސަރުކާރު ޕްރޮމޯޓު ކުރުމަށް ހަރަދުތައް ކުރުމުގެ ބަދަލުގައި އެ ފައިސާ މާލޭގައި ރަނގަޅު ފެންހިންދާ ޕަންޕުތައް ބެހެއްޓުމަށް ޚަރަދު ކުރުން މާރަގަޅުވާނެކަމަށް އޭނާގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ. އެގޮތުން އެއްއަހަރު ދުވަހުން 53 ބިލިޔަން ބަޖެޓެއް ހުސްކޮށްފަ ރައީސް މުއިއްޒު ރައްރަށަށް އަރާ ކުރިންވީ ހުރިހާ ވައުދެއް އަލުން މިވަނީ 2025 ގަ ރިޔަސީ އިންތިޚާބެއް ކުރިމަތިވާތީތޯ ވަހީދު ސުވާލު އުފެއްދެވިއެވެ.
ރައީސްގެ އަމަލުތަކުން ދައްކުވައިދެނީ އަމިއްލަފުޅު ކެބިނެޓާއި، މުއައްސަސާތަކުގެ ވެރިންނަށްވެސް އިތުބާރު ނުކުރައްވާކަން ވަހީދު ފާހަގަ ކުރެއްވިއެވެ. އަދި މިއަދު ވޯޓެއް ނެގިޔަސް 5% ވެސް މުއިއްޒަށް ނުލިބޭނެކަމަށް ވިދާޅުވި އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މާލެ ސިޓީއަށް ބޯކޮށް ވިއްސާރަވެހި މަގުތައް އެއްކޮށް ފެންބޮޑުވި އިރު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެކި ވަރުގެ ގެއްލުން ލިބިފައިވާކަން ފާހަގަކޮށްލެވެ އެވެ.









