April 15, 2026
Advertisement
ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް
ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް / މިހާރު

އެސްޓޯނިއާއަށް ރައީސް މުއިއްޒު ވަޑައިގަންނަވަނީ ސްކީ ކުރަން: މަލީހު

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 12, 2025, 04:02 AM

ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ޔޫރަޕުގެ ގައުމެއް ކަމަށްވާ އެސްޓޯނިއާ އަށް އަންނަ ހޯމަ ދުވަހު ވަޑައިގަންނަވަނީ "ސްކައި ދުއްވަން" ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

Advertisement

ރައީސް އޮފީހުން މިއަދު ބުނީ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ރައީސް އެސްޓޯނިއާ އަށް ވަޑައިގަންނަވަނީ އެ ގައުމުގެ ރައީސް ޑރ. އަލާ ކާރިސްގެ ހާއްސަ ދައުވަތަކަށް ކަމަށެވެ.

މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އަދި، މިއީ ރައީސް މުއިއްޒު ޔޫރަޕުގެ ގައުމަކަށް ރަސްމީ ދަތުރުފެއް ކުރައްވާ ފުރަތަމަ ފަހަރު ވެސް މެ އެވެ.

މިކަމާއި ގުޅިގެން މަލީހު އެކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެސްޓޯނިއާއަށް މުއިއްޒު ވަޑައިގަންނަވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ބޮޑަށް ބެލެވެނީ ރައްޔިތުންގެ ފައިސާގައި ސްކީ ކުރަން ވަޑައިގަންނަވަނީ ކަމަށް

ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު

ރައީސާ އެކު، މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި ސަރުކާރުގެ އެހެން ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.

އުތުރު ޔޫރަޕުގެ ގައުމެއް ކަމަށްވާ އެސްޓޯނިއާ އަކީ ޔޫރަޕުގެ އެހެން ގައުމުތަކާ އަޅާބަލާއިރު، އާބާދީގެ ގޮތުން ކުޑަ ނަމަވެސް، އީޖާދީ ދުރު ވިސްނޭ މީހުންނަށް ފުރުސަތު ދީގެން ވަރުގަދަ ޑިޖިޓަލް އިގުތިސާދެއް ގާއިމްކޮށްފައި އޮތް ގައުމެކެވެ. އަދި، އަމިއްލަ ވިޔަފާރިތަކަށް އެންމެ ފަހި މާހައުލު އޮތް ގައުމުގެ ގޮތުގައި މުޅި ދުނިޔެ މަޝްހޫރު ގައުމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved