މޫސުން ގޯސް / ޕޮލިސް
ހަބަރު
ރ. ފެށިގެން ތ. އަތޮޅަށް ރީނދޫ އެލާޓް ނެރެފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
14 ޖެނުއަރީ 2025
މާލެ ސިޓީ

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ބައެއް އަތޮޅުތަކަށް މިއަދު ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު 11:30 އިން މެންދުރުފަހު 15:30 އަށް ނެރެފައިވާ އެލާޓްގައި ބުނެފައިވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފަ އެވެ.

ރ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރުނު އިރު، ހަވީރު 4:00 އާ ހަމައަށް ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް އޮތީ ވައިޓް އެލާޓް ވެސް ނެރެފަ އެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ދުވަސްވަރެއްކަމުން ބޯކޮށް ވާރޭ ވެހި، ފެން ބޮޑުވެ، މި މަހުގެ ތެރޭގައި ވެސް ބޮޑެތި ގެއްލުންތަކެއްވެފައިވާ އިރު، ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ކަމާބެހޭ އިދާރާތަކުން އަންނަނީ ތަކުރާރުކޮށް އިރުޝާދު ވެސް ދެމުންނެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved