March 25, 2026
Advertisement
މާލޭގެ ބައެއް ޖަމްއިއްޔާތަކާއި ރައީސް ޔާމީން ބައްދަލު ކުރެއްވުން
މާލޭގެ ބައެއް ޖަމްއިއްޔާތަކާއި ރައީސް ޔާމީން ބައްދަލު ކުރެއްވުން / ސޯޝަލް މީޑިއާ

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ލަސްވާވުމުގެ ކަންބޮޑުވުން ރައީސް ޔާމީނާ ހިއްސާކޮށްފި

Hussain Nawaf
ހުސައިން ނަވާފް
Jan 14, 2025, 08:02 PM
މާލެ ސިޓީ

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ލަސްވުމާއި ގުޅިގެން ރައްޔިތުންގެ ގިނަ ޖަމްއިއްޔާތަކަކުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ބައްދަލުކޮށް ކަންބޮޑުވުން ހިއްސާކުރައްވައިފިއެވެ.

Advertisement

މި ބައްދަލުވުން ކުރިއަށްގޮސްފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ފްރަންޓް އޮފީހުގައެވެ.

މި ބައްދަލުވުގައި މާލެ ރަށްވެހިންގެ ޖަމްއިއްޔާ، ގިރާވަރުން ގޯތި ލިބުނު މީހުންގެ ޖަމްއިއްޔާ، ގުޅީފަޅުން ގޯތި ލިބުން މީހުންގެ ޖަމްއިއްޔާ، ފަހި ފްލެޓް ޖަމްއިއްޔާގެ އިތުރުން ހުޅުމާލެ ފޭސް 2 އަދި 3 ޖަމްއިޔާއިންކަމަށް މައުލޫމާތު ލިބެއެވެ.

މި ބައްދަލުވުމުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުރުގައި އިއުލާނު ކުރި ބިންވެރިޔާ ސްކީމާއި ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ދެކެވިފައިވާއިރު އެ ސްކީމުގެ ދަށުން ފަޅުތަކުން ދޫ ކޮށްފައި ތިބި ރަޖިސްޓްރީތައް ގަބޫލު ކުރާނެކަމަށް ރައީސް ޔާމީން ވިދާޅުވިކަމަށް މާލެ ރަށްވެހިންގެ ޖަމިއްޔާއިން މައުލޫމާތުދެއެވެ.

އެގޮތުން ރައީސް ޔާމީންގެ ވިސްނުންފުޅަކީ ހައި ރައިޒް ޓަވަރުތަކަކާއިއެކު ފަސޭހަ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުންކަމަށްވެސް އެ ޖަމްއިއްޔާއިން މައުލޫމާތު ދިނެވެ.

އަދި އެ ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެއްގެ ގޮތުގައިވެސް މާލެ ރަށްވެހިންގެ ޖަމްއިއްޔާއިންވަނީ ސިފަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved