March 26, 2026
Advertisement
އަލީ ހުސެއިން ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ
އަލީ ހުސެއިން ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ރިޔާސީ އިންތިހާބުގައި ފެނުނީ ހުސް ރައީސް ޔާމީން، މުއިއްޒެއް ނުދެކެން: އަލީ ހުސެއިން

Mariyam Isaadha
މަރިޔަމް އިސާދާ
Jan 14, 2025, 10:10 PM
މާލެ ސިޓީ

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ފެނިގެން ގޮސްފައިވަނީ ހުސް ރައީސް އަބްދުﷲ ޔާމީން ކަމަށާ އޭރު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި މުހައްމަދު މުއިއްޒު ނުދެކޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްއުސްތާޛު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

Advertisement

އަލީ މިފަދައިން ވިދާޅުވީ، "ޗެނަލް13"ގެ "ނިއުސް ޓޯކު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އަލީ ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރ ދުވާފަރަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓާ އެކު އޭނާއަށް ވެސް ދަތުރު ކުރެވުނު ކަމަށާ އެ ދުވަހުގެ އެ ވަގުތަކީ މުއިއްޒުވެސް އެރަށަށް ދަތުރުކުރަމުން ދިޔަ ވަގުތު ކަމަށްވުމުން އެ މަންޒަރު ވަރަށް ގާތުން ފެނުނު ކަމަށެވެ.

އެގޮތުން ދުވާފަރުން 4000 އަށް ވުރެ ގިނަ މީހުން ނުކުމެ ތިބި ކަމަށާ އެއިން ކޮންމެ މީހަކު ވެސް ނުކުމެ ހުރީ ރައީސް ޔާމީންގެ ހައްގުގައި ކަން ކަށވަރު ވާ ކަމަށާ ފެންނަމުން ދިޔައީ ރައީސް ޔާމީންގެ ފޮޓޯފުޅާ ގޮނޑި ކަމަށާ އިވެމުން ދިޔައީ ރައީސް ޔާމީންގެ ނަންފުޅު ކަމަށް ވެސް އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ، އެ ދުވަހުގެ އެ މަންޒަރުން އެކަނިވެސް މި ވެރިކަމަކީ ރައްޔިތުން ރައީސް ޔާމީނަށް ބޭނުންވެގެން ގެނައި ވެރިކަމެއްކަން ހާމަވާ ކަމަށާ އެގޮތުން މުއިއްޒަކީ ރައީސް ޔާމީން މިނިވަންކުރަން ރައްޔިތުން ނޯ ޗޮއިސްވެގެން ގެނައި ބޭފުޅެއް ކަމަށް އަލީ ވިދާޅުވިއެވެ.

އަލީ އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ތެރެއިން ބޭފުޅަކު ރިޔާސީ އިންތިހާބުގައި ވާދަކުރަން ރައީސް ޔާމީން ބޭނުންފުޅު ނުވީ އޭރު އެ ޕާޓީގައި ތިބި ވެރިންގެ ހަސީލަތް ނިކަން ރަގަޅަށް އެނގިވަޑައިގަންނަވާތީކަން މިހާރު ޔަގީންވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved