February 28, 2026
Advertisement
ސްޓެލްކޯގެ ކުރީގެ އެމްޑީ އަހުމަދު ޝަރީފު
ސްޓެލްކޯގެ ކުރީގެ އެމްޑީ އަހުމަދު ޝަރީފު / ޓައިމްސް އޮފް އައްޑޫ

އޮޅުވާލި ވޯޓުން އެމްޑީޕީއަށް ވެރިކަން ހޯދަދިން ޝަރީފުގެ ޕާސްޕޯޓު ހިފަހައްޓައިފި

Jan 15, 2025, 10:14 PM
މާލެ ސިޓީ

2018 ވަނަ އަހަރުގެ ރިޔާސި އިންތިހާބުގެ ވޯޓު އޮޅުވާލާ އިންޑިއާ އާ ގުޅިގެން އެމްޑީޕީއަށް ވެރިކަން ހޯދަދިންކަމަށް ގިނަ ބަޔަކު ތުހުމަތުކުރާ، އޭރުގެ އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް (އިސީ ޝަރީފު)ގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

Advertisement

ޝަރީފުގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަން ވަނީ ކަށަވަރުވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަރީފުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އޭސީސީއިން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

އިއްޔެ ޝަރީފްގެ ޕާސްޕޯޓު ހިފެހެއްޓީ އޭސީސީއިން ބަލަމުންދާ ސްޓެލްކޯއާ ގުޅުން ހުރި މައްސަލައެއްގައެވެ. މި ކަމާ ގުޅޭ އިތުރު ތަފްސީލެއް އޭސީސީއިން ނަމަވެސް ހާމަކޮށްފައިނުވެއެވެ.

މިކަމާ ގުޅިގެން ޝަރީފުގެ ބަހެއް ހޯދާލަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނަމަވެސް ނުވެއެވެ.

ޝަރީފުއަކީ އެމްޑިޕީ ވެރިކަމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަށް ހުރި ބޭފުޅާއެވެ. އަދި 2018 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުނީ ޝަރީފު އިންޑިއާއާ ގުޅިގެން އީސީގެ ތެރެއިން ވޯޓު އޮޅުވާލައިގެން ކަމަށް ގިނަ ބަޔަކު ތުހުމަތުވެސް ކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved