ބުރިޖަށް އުދަ އަރާފައި / ސަން އޮންލައިން
ހަބަރު
އުތުރާއި މެދުރާއްޖެތެރޭ ރަށްތަކަށް އުދަ އަރާފާނެ ސަމާލުވޭ: މެޓު އޮފީސް
Mariyam Isaadha
މަރިޔަމް އިސާދާ
17 ޖެނުއަރީ 2025
މާލެ ސިޓީ

އުތުރާއި މެދުރާއްޖެތެރޭ ރަށްތަކަށް އުދަ އަރާފާނެތީ ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ބުނީ މިއަދު 18:00 ގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވާ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށް މެޓުން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އޭގައިވެއެވެ.

މެޓުން ލަފާ ކުރާ ގޮތުގައި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މެޓްއިން އިލްތިމާސްކޮށްފައިވަނީ ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށްފައިވާތީ އެކަމަށް ސަމާލުވުމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުތުރާއި މެދުރާއްޖެތެރޭ ބައެއް ރަށްތަކަށް އުދައެރުމަކީ އެކަށީގެންވާ ކަމަކަށްވެފައި މޫސުމަށް ސަމާލުވުމަށް މެޓް އިން ވަނީ އިލްތިމާސްކޮށްފައެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved