ފަތުރުވެރިންތަކެއް މޫދުގައި ފީނަނީ / ފޭސްބުކް
ހަބަރު, ވިޔަފާރި
ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 90,000އަށް އަރައިފި
Hussain Nawaf
ހުސައިން ނަވާފް
18 ޖެނުއަރީ 2025

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 90،659އަށް އަރައިފިއެވެ.


ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ޑެއިލީ ޓުއަރިސްޓް އަރައިވަލްސް ރިޕޯޓްގައިވާ ގޮތުގައި މަަތިން ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 90،659 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 8 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖެއަށް މިވަގުތު އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިއާ އިންނެވެ. މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 14.3 އިންސައްތަ އަކީ ރަޝިއާ އިން ރާއްޖެ އައި ފަތުރުވެރިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ދެން ހިމެނެނީ އިޓަލީންނާއި އިނގިރޭސި ވިލާތުންނެވެ. އިޓަލީން އަންނަ ފަތުރުވެރިންގެ މާކެޓުގެ ހިއްސާއަކީ މިހާރު 11.8 އިންސައްތައެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އިނގިރޭސިވިލާތުން ހިއްސާކުރަނީ 8.5 އިންސައްތައެވެ.

ޑެއިލީ ޓުއަރިސްޓް އަރައިވަލްސް 14 ޖެނުއަރީ 2025ގައި
ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved