ރައީސް ޑރ. މުހއްމަދު މުއިއްޒުގެ ސިޔާސީ ހަޔާތުގައިވަނީ ކަތުރުފަނި އަޅައިފައިކަމަށް ޕިޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހު މިފައިން ވިދާޅުވެފައިވަނީ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ދަރިކަލުން ޓުއަރިޒަމް މިނިސްޓަރ ފައިސަލް އިބްރާހިމް ފައިސަލްގެ ހިލަމެއް ނުވާކަން މަލީހުގެ ޕޯސްޓުގައި ފާހަގަ ކުރައްވާފައިވެއެވެ.
އަދުރޭގެ ހިލަމެއް ނުވޭ. ފައިސަލް ސައިލެންޓްވެއްޖެ. ފައިސަލް މިހާރު މުއިއްޒަށް ސަނާ ނުކިޔާ. މުއިއްޒު އެގެންދަވަނީ އަދުރޭގެ ހުރިހާ ސިޔާސީ މޫވްއެއް ގާތުން ބައްލަވަމުން. ހުޅުދޫ ޝާޑު, ހޯރަފުށި މުހައްމަދު މުއިއްޒަށް ލޯޔަލް ނުވާނެ.މުއިއްޒުގެ ސިޔާސީ ހަޔާތުގަ ކަތުރު ފަނި އެވަނީ އަޅާފަ. pic.twitter.com/L40WGig07I
— Mohamed Maleeh Jamal (@maleehjamal) January 19, 2025
ރައީސް ގެންދަވަނީ އަބްދުއްރަހީމްގެ ހުރިހާ ސިޔާސީ ހަރަކާތްތަކަށް ފާރަވެރިވަމުންކަމަށް މަލީހު ވިދާޅުވިއެވެ.
އެގޮތުން ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ޝާހިދާއި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ރައީސަށް ލޯޔަލް ނުވާނެކަމަށް ފާހަގަކޮށް އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައިވަނީ ކަތުރުފަނި އަޅާފައިކަން މަލީހު ވިދާޅުވިއެވެ.