March 21, 2026
Advertisement
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް / ރައީސް އޮފިސް

ބައެއް ވަޒީރުން މެމްބަރުންނަށް އިހުލާސްތެރި ނުވާ މައްސަލައެއް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 20, 2025, 07:27 PM
މާލެ ސިޓީ

މި ސަރުކާރުގެ ބައެއް މިނިސްޓަރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އިހުލާސްތެރި ނޫން ކަމަށް ދިއްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުއްލަތީފް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

Advertisement

މިދިޔަ ޑިސެމްބަރު މަހު ކެބިނެޓަށް ގެނައި ބަދަލާ އެކު މިނިސްޓަރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ވޯޓުލާފަ އެވެ. ލަތީފް މި މޭރުމުން ވާހަކަ ދެއްކެވީ އެ ވަޒީރުންނަށް ރުހުން ދިނުމަށް ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުންނެވެ.

އަޅުގަނޑުމެން ވަޒީރުންނަށް ރުހުން މިދެނީ ސަގާފީ ކަމެއް ނޫން. މިއީ އާދަކާދައިގެ ކަމެއް ވެސް ނޫން. ރައީސުލްޖުމްހޫރިއްޔާ ނަންތައް ފޮނުއްވީތީ އެ ދޭ އުސޫލަކުން ވެސް ނޫން މިދެނީ. ވަރަށް މާތް މަގުސަދެއްގައި މިދެނީ. ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހިދުމަތްކުރަން ތިބި ވަޒީރުން މިއީ،

ދިއްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުއްލަތީފް މުހައްމަދު

ލަތީފް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ވަރަށް ގިނަ ކަންކަމުގައި މަޖިލީސް މެމްބަރުން ވަޒީރުންނަށް ފޯނުކު ރަންޖެހޭ ކަމަށެވެ. ނަމަވެސް ވަޒީރުން ފޯނު ނުނެއްގެވުމާއި ކަންކަން ނުކޮށްދޭ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ލަތީފު ވިދާޅުވި އެވެ. އެހެންވެ އެފަދަ މިނިސްޓަރުން ރައީސް މުއިއްޒާ ގާތްވުމުން މަގާމުން ދުރުނުކުރެވޭނެ ކަމަށް ހީނުކުރެއްވުމަށް ވެސް ލަތީފު ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved