

މާލޭގެ މަޖީދީ މަގުގައި ހުރި ގުދަނެއްގައި ރޯވެ، އަނދާ ހުލިވެއްޖެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އެ ގުދަނުގައި އަލިފާން ރޯވި ހާދިސާ ރޭ ފަތިހު 4:20 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މަންޒަރު ދުށް މީހަކު ބުނި ގޮތުގައި، އެ އިމާރާތުން އެއްޗެހި ނެރެ ހުސްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ބުނި ގޮތުގައި ފަސް ގެއަކަށް ގެއްލުންވެ އެ ގެތަކުގެ މީހުންނަށް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގެއެއްގެ 33 މީހެއް ފާހަގަކުރެވުނު ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 14 ދިވެއްސަކާއި 19 ބިދޭސީން ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އޭގެ ތެރެއިން 22 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.