އަލީ އާދަމް / ސަން
ސިޔާސީ
ހޯމް ޓީމްގެ ފަރާތުން ހުށަހެޅި ފޯމްތައް އަނބުރާ ފޮނުވާލުމަށްފަހު އެ ފޯމްތައް ހުށަހެޅި ފަރާތްތަކާއި މެދު ފިޔަވަޅު އަޅަންޖެހޭ: އަލީ އާދަމް
Hussain Nawaf
ހުސައިން ނަވާފް
23 ޖެނުއަރީ 2025

ސަރުކާރުގެ "ހޯމް ޓީމް"ގެ ފަރާތުން ހުށަހެޅި ފޯމްތައް އަނބުރާ ފޮނުވާލުމަށްފަހު އެ ފޯމްތައް ހުށަހެޅި ފަރާތްތަކާއި މެދު ފިޔަވަޅު އަޅަންޖެހޭކަމަށް އިސްލާމިކު މިނިސްޓްރީގެ ކުރީގެ ނަިއބު އަލީ އާދަމް ވިދާޅުވެއްޖެއެވެ.

އަލީ މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.

އެގޮތުން 4000 ފުލެޓް ލިބުނު މީހުންގެ ލިސްޓް ވެރިފައި ކުރުމުގެ ނަމުގައި ސަރުކާރުގެ މިނިސްޓުރީތަކުން އެކުރާ މަސައްކަތް، އެކުރާ ގޮތަށް ކުރަމުން ގެންދެވޭގޮތް އެއީ ރަންގަޅު ގޮތް ނަމަ ޑިޕާމްޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން ޑީއެންއާރް ގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީއަށް މީހުން ވެއްދިކަމަށް ފޯމް ފުރި މައްސަލަވެސް އަލުން އެ ފޯމްތައް މުރާޖާ ކުރުމަށް އެޕާޓީ އަށް ފޮނުވާލަން ޖެހޭކަން އެމަނިކުފާނުގެ ޕޯސްޓުގައިވަނީ ފާހަގަ ކުރައްވާފަ އެވެ.

4000 ފުލެޓް ލިބުނު މީހުންގެ ލިސްޓް ވެރިފައި ކުރުމުގެ ނަމުގައި ސަރުކާރުގެ މިނިސްޓުރީތަކުން އެކުރާ މަސައްކަތް، އެކުރާ...

Posted by ‎علي آدم‎ on Wednesday, January 22, 2025

އެފޯމްތަކާއި ގުޅޭގޮތުން އުފެދިފަވާ ނުތަނަވަސް ކަން އިންތިހާޔައް ބޮޑުކަމަށް އަލީވަނީ ފާހަގަ ކުރައްވާފައެވެ. ހޯމް ޓީމުން 17000 ފޯމް ހުށަހެޅި ކަމަށް އަޑުތައް ފެތުރިފައިވާއިރު ޕާޓީތަކަށް ބަޖެޓު ދެނީ އެ ޕާޓީއެއްގައި ތިބޭ މެންބަރުގެ ނިސްބަތުންކަމަށް އަލީ ވިދާޅުވި އެވެ.

އެގޮތުން ދައުލަތުގެ ބަޖެޓަށް ހިޔާނާތްތެރި ވާން އެފަދަ ފުރުސަތެއް ދެވިގެން ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ހޯމްލޭންޑް މިނިސްޓްރީން ހުށަހެޅި ފޯމް ތައް އަނބުރާ ފޮނުވާލުމަށްފަހު، އަދި އެ ފޯމްތައް ހުށަހެޅި ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް އަލީވަނީ ގޮވާލައްވާފަ އެވެ.

އިންސާފު ގާއިމް ކުރާނަމަ ދެފުއްފެންނަން ޖެހޭނެ ކަމާއި ހިޔާނާތްތެރިވާން ޖާގަ ދެވިގެން ނުވާނެކަމަށް އެ ޕޯސްޓުގައި އަލީ ފާހަގަ ކުރެއްވިއެވެ. އެގޮތުން އިންސާފު ގާއިމުކުރެވެން ޖެހޭނެކަމާއި ޙިޔާނާތްތެރިން ހައްޔަރު ކުރަންޖެހޭކަމަށް އަލީ ވިދާޅުވި އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved