ޕީއެންއެފް އެސްޖީ- މަލީހު ޖަމާލު / ތޭރަ އޮންލައިން
ސިޔާސީ
ރައީސް މުއިއްޒު އަތޮޅުތަކަށް ކުރައްވާ ދަތުރުތަކުން ކުރާ ފައިދާއެއް ނެތް: މަލީހު
Hussain Nawaf
ހުސައިން ނަވާފް
23 ޖެނުއަރީ 2025

ރައީސް މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވާ ދަތުރުތަކުން ކުރާ ފައިދާއެއް ނެތްކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރި ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުދަނީ ރާއްޖޭގެ ގިނަ ރަށްތަކަށް ޒިޔާރަތް ކުރައްވަމުންކަން ފާހަގަކޮށްލެވެއެވެ. އަދި ދަތުރުތައް ކުރައްވަނީ ނަތީޖާ ނެރެދެއްވުމަށް އެމަނިކުފާނުވަނީ ރ އަތޮޅު ވާދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވެ އެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

އެގޮތުން ބަޖެޓް ކައި ހުސްކޮށްފިކަމާއި ހުޅުމާލެއިން ބިންތައް އެކުވެރިންނަށް ހިބަކޮށްދީފިކަމަށް މަލީހު ވިދާޅުވި އެވެ. މީގެ އިތުރުން ސަމޯއާ އެގްރީމަންޓް ތަސްދީގުކޮށް, އެންސްޕާ ދޮވެލާ, ތެލުގެ ވަގުވިޔަފާރި ވިޓޯލްއާއި އެކު ކޮށް, އިގްތިސޯދުވަނީ ހުއްޓުމަކަށް ގެނެސްފައިކަން މަލީހު ފާހަގަ ކުރެއްވި އެވެ.

އަދި އަދުން އެޅުވުމުގެ ނިޔަތުގައި ރައީސް ކުރައްވާ ދަތުރުތަކުން ކުރާނެ ފައިދާއެއް ނެތްކަމަށް މަލީހުވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved