ވިއްސާރަ ދުވަހެއް / ސޯޝަލް މީޑިއާ
ހަބަރު
ހއ އަތޮޅުން ފެށިގެން ކ އަތޮޅަށް ހުދު ސަމާލު
Hussain Nawaf
ހުސައިން ނަވާފް
23 ޖެނުއަރީ 2025

ބޯކޮށް ވާރޭވެހުމާއެކު ގުގުރުމާއި ގުޅިގެން ހުދު ސަމާލު ނެރި މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މިޓިއޮރޮލިޖިކަލް ސާވިސް މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.


މެޓު އޮފީހުން ލަފާކުރާ ގޮތުގައި ހއ އަތޮޅުން ފެށިގެން ކ އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ.

މެޓުން ހުދު ސަމާލު ނެރިފައިވަނީ މިއަދުގެ 15:10 އިން 21:00 އަށްކަން ފާހަގަކޮށްލެވެއެވެ.

އިރުދެކުނާއި ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓު އޮފީހުން ލަފާކުރެއެވެ. ކަނޑު އާދައިގެވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވުމުގެ އިތުރުން ރާޅުތަކުގެ އުސްމިން 4 ފޫޓާއި 7 ފޫޓަށް އަރާނެކަމަށްވެސް މެޓުން ލަފާކުރެއެވެ.


ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް، އެމްއެންޑީއެފް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމަތު ހިއްސާ ކުރެއްވުމަށް އެމްއެންޑީއެފް އިންވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved