ރައީސް ޔާމީން / ޕީޕީއެމް
ހަބަރު, ސިޔާސީ
ރައީސް ޔާމީން ވިދާޅުވެދެއްވީ މުއިއްޒުއަށް ކޮރަޕްޝަން ފިލުވާނުލެވޭނެ ދަލީލުތައް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
23 ޖެނުއަރީ 2025
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ކޮރަޕްޝަން ފިލުވާނުލެވޭނެ ދަލީލުތައް ރައީސް ޔާމީން ވިދާޅުވެ ދެއްވައިފި އެވެ.

ޕީއެންއެފް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މުއިއްޒު ވެރިކަމަށް ވަޑައގަތުމައްޓަކައި މުއިއްޒުގެ ނަން ޑެކްލެއާ ކުރުމަށްޓަކައި ކްރިމިނަލް ކޯޓުގައި ނޫމަޑީގެ މައްސަލައިގައި މުއިއްޒު ކަޑައެޅިގެން ދޮގުހެއްދެވި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މަޖިލީހުގެ 241 ކޮމިޓީގައި ދެއްކިވާހަކައަށް ބަލާއިރު ޖިނާއީ ކޯޓުގައި ކަޑައެޅިގެން ދޮގުހެއްދެވި ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ނޫމަޑީގެ މައްސަލަ މައްސަލައަކަށްވީ މުއިއްޒު ދިން ސިޓީއަކާއި ގުޅިގެން ކަމަށެވެ. އަދި އެސިޓީގައި ސޮއިކުރެއްވީ މުއިއްޒު ކަމަށެވެ.

ކޮރަޕްޝަންގެ އޮތް ބޭފުޅެއްކަން އިނގިހުންނަވައިގެން ކޮރަޕްޝަނުގެ ވާހަކަދައްކަވާތީ މީގެ މައްސަލައަކީ، ނޫމަޑީގެ ކޮރަޕްޝަނުގެ އެއްކޮޅުގައި މިހުރީ މުއިއްޒު އަނެއް ކޮޅުގައި ހުރީ އިބްރާހިމް މުހައްމަދު ސޯލިހު، އެއީ ހަމައެކަނި އެ މައްސަލައަށް ހާއްސަވާ ދެ މީހުން،

- ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ މުލިއްޔާގެ ރައީސް މުއިއްޒު ބޭނުންވާ ފެންވަރަކަށް މަރާމާތު ކުރެއްވައްދެން އަމިއްލަ ގޭގައި ހުރި ދުވަސްކޮޅަށް ވެސް ރައްޔިތުންގެ ބޮލަށް ބޮޑު ބިލެއް މުއިއްޒު ކަޑާ ލެއްވި ކަމަށެވެ. މި އިން އިނގިގެން ދަނީ ރައީސް މުއިއްޒު ފައިސާއަށް ދޯޅަ މިންވަރުކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެގޮތައް ރައްޔިތުންނަށް ބިލެއް ކަޑާލުމަކީ ވެރިން ކަންކުރާނެ ގޮތް ނޫން ކަމަށެވެ،

ރައީސް ޔާމީން ވިދާޅުވީ ދައުލަތުގެ ހަޒާނާ އެހާ ނިކަމެތި ކަމަށް އިންތިހާބަށް ނިކުމެ އެންމެ ބޮޑަށް ދެއްކެވީ މުއިއްޒު ކަމަށާއި އެހެން ނަމަވެސް ތިމަންނާއަށް ލިބެންވާއެއްޗެއް ލިބެންވާނެކަމަށް ދެކި ދައުލަތައް ރައީސް މުއިއްޒު ބިލްކުރެއްވި ކަމަށެވެ.

ރައީސް މުއިއްޒު އަށް ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ނުކުރެވޭނެ ކަމަމުގެ އިތުރު ދަލީލެއް ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މުއިއްޒު އެންމެ ގަޔާވެގެން ވަޒީރުކަން ދިނީމަ ވަޒީރުކަންވެސް ގަބޫލުނުކުރި ފަޒީލް ވަޒީރެއްގެ ފެންވަރުގައި އެޗްޑީސީގައި ބަހައްޓައިގެން ބޮޑެތިވަންކަން ކުރަމުން ކުރަމުން ގޮސް ރައްޔިތުން އަރައިގަތީމައި ފަޒުލް އިސްތިއުފާ ދިން ނަމަވެސް މިއަދު ވެސް ފުލުހުން އެބުނަނީ ފަޒުލްގެ ކޮރަޕްޝަންގެ މައްސަލަ ނުބާލާ ކަމަށާއި ބަލަނީ އޭނާ ދައިއުލަތުގެ ލިޔުންތަކެއް ނައްތާލި މައްސަލަ ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރައްޔިތުންގެ ފައިސާ އަށް އެޗްޑީސީން ހިޔާނާތްތެރިވިކަން މުއިއްޒުއަށް އެނގޭކަމަށާއި ބޮޑު އަދަދުން ފައިސާ އެނެގީ ނުއަގުގައި ގޯތި ދީގެން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ހުރިހާ އިދާރާއެއްގައި މިހާރު އޮތީ ކޮރަޕްޝަންކަމަށާއި އަދި އެކަން ކުރުވަނީ މުއިއްޒު އަށް އިނގިގެން ކަމަށާއި މުއިއްޒު ކޮރަޕްޝަނާއި ދެކޮޅުނަމަ މިއިން ކޮންމެ މީހަކަށް ހުންނަން ވާނީ ފިޔަވަޅުއެޅިފައި ކަމަށެވެ.

އަދި އެމީހުންގެ މައްޗަށް ފިޔަވަޅު ނޭޅި ތަހުގީގު ނުހިންގާ އެތިބެނީ މިކަމުގެ ތަހުގީގު ފެށުމުން މުއިއްޒުގެ ނަން ވެސް އަންނާތީ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މިކަން މިހެން އޮތުމުން ފަހުރު ވެރިވާންވީ އެންމެ މީހުން ގިނަ ޕާޓީއަށް ވުމުން ނޫންކަމަށާއި ފަހުރުވެރިވާނަމަ ވާންވީން އެންމެ ވަގުން ގިނަ އެންމެ ކޮރަޕްޓް މީހުން ގިނަ ޕާޓީއަށް ޕީއެންސީ ވީކަމާއިމެދު ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރައްޔިތުންގެ ވޯޓަކުން އައިސް ތިބި ނަމަވެސް މި ވެރިކަމުގައި ތިބި މީހުންގެ މައްޗަށް މިހާރު ރައްޔިތުންގެ އިތުބާރު ނެތް ކަމަށާއި ވެރިކަން ކުރުމުގެ އަހްލިއްޔަތު މުއިއްޒުގެ ކިބައިން ނިގުޅިފައިވާ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved