އިބްރާހިމް އަބްދުލް ކަރީމް / ތޭރަ އޮންލައިން
ސިޔާސީ
ރައީސް މުއިއްޒުއަކީ ވާހަކަފުޅު ބަދަލު ކުރައްވަމުން ގެންދަވާ ބޭފުޅެއް: އިބްރާހިމް
Fathmath Reem
ފާތުމަތު ރީމް
09 ފެބްރުއަރީ 2024
މާލެ ސިޓީ

ރައިސް ޑރ މުހައްމަދު މުއިއްޒުއަކީ ވާހަކަފުޅު ބަދަލު ކުރަމުން ގެންދަވާ ބޭފުޅެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަލަށް އުފައްދަވާ ޕާޓީ "ޕީއެންއެފް"ގެ ފަރާތުން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަލިފުށި ދާއިރާއަށް ވާދަކުރެއްވުމުުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ އިބްރާހިމް އަބްދުލް ކަރީމް ވިދާޅުވެއްޖެއެވެ.

އިބްރާހިިމް މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އިބްރާހިމް ވިދާޅުވީ ރައީސް މުއިއްޒުއަކީ ވާހަކަފުޅު ބަދަލު ކުރަމުން ގެންދަވާ ބޭފުޅެއް ކަަމަށާއި އޭގެ އެންްމެ އަލިގަދަ ހެއްކަކީ ރައީސް ޔާމީންއާ ބެހޭ ގޮތުން ކެންޕޭން ދުވަސްވަރު ދައްކަވަމުން ގެންދިޔަ ވާހަކަތައް ކަމަށެވެ.

ހަގީގަތުގަ ރައީސް މުއިއްޒުއަކީ ވާހަކަފުޅު ބަދަލު ކުރަމުން ގެންދަވާ ބޭފުޅޭއް އިނގޭތޯ. އޭގެ އެންމެ އަލިގަދަ ހެއްކަކީ ރައީސް ޔާމީންއާ ބެހޭގޮތުން އެބޭފުޅާ ކެންޕޭން ތެރޭގައި ދައްކަވަމުން ގެންދިޔަ ވާހަކަތައް އެކި ދުވަސްވަރުގެ މިހެން ބަދަލު ވަމުން އައިސް ފަހުން އެ ވިދާޅުވި ވިދާޅުން.

- އިބްރާހިމް އަބްދުލް ކަރީމް

މީގެ އިތުރުން އިބްރާހިމް ވިދާޅުވީ މިފަދައިން ޑރ މުއިއްޒުގެ އަމަލުތައް ހުރުމުން އެމަނިކުފާނަކީ ވައުދަށް ކަމޭ ހިއްތަވާ ބޭފުޅެއް ކަމަށް ގަބޫލް ނުކުރާ ކަމަށެެވެ.

ރައީސް ޔާމީން މިނިވަން ކުރުމުގެ ވިސްނުން މިހާރު މިސަރުކާރުން ނުގެންގުޅުއްވާ ކަމަށް ވެސް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިބްރާހިމް ވިދާޅުވީ ރައީސް ޔާމީން ބަންދުގައި ބަހައްޓަގައިން މި ސަރުކާރަށް ލިބޭނެ މޮޅެއް ނޯންނާނެ ކަމަށާއި ޑރ މުއިއްޒު މިފަދައިން ވިސްނުން ގެންގުޅުއްވަނީ ކޮން ސަބަބެއް އޮވެގެންތޯ ސުވާލު އުފައްދާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved