ޑރ. ޖަމީލް / ޝަފްރާޒް | ތޭރަ އިމޭޖްސް
ސިޔާސީ
ރައީސް މުއިއްޒަކީ މޫނު ނިވާކޮށްގެން ވެރިކަން ހޯދުމަށްޓަކައި މުޅި ރައްޔިތުންގެ އިތުބާރުގައި ކޮޅުފައިން ޖެހި ބޭފުޅެއް: ޑރ. ޖަމީލް
Hussain Nawaf
ހުސައިން ނަވާފް
25 ޖެނުއަރީ 2025

ރައީސް ޑރ މުހައްމަދު މުއިއްޒަކީ މޫނު ނިވާކޮށްގެން ވެރިކަން ހޯދުމަށްޓަކައި މުޅި ރައްޔިތުންގެ އިތުބާރުގައި ކޮޅުފައިން ޖެހި ބޭފުޅެއްކަމަށް ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް މުއިއްޒުގެ ކިބައިގައި ހުރި ސިފަތަކާއި މެދުވަނީ ޑރ ޖަމީލް ގިނަ ސުވާލުތަކެއް އުފައްދަވާފައެވެ. އެގޮތުން އެމަނިކުފާނުގެ ކިބައިގައި ހުރި އުސޫލަކާއި،އަޚްލާގާއި ސީރަތާއި މެދު ޑރ. ޖަމީލް ސުވާލް އުފެއްދެވިއެވެ.

މަކަރު ހެދުމާއި ގައްދާރުވުމަކީ ސިފަތަކެއްކަމަށް ވިދާޅުވެ ރައީސް މުއިއްޒަކީ މޫނު ނިވާކޮށްގެން ވެރިކަން ހޯދުމަށްޓަކައި މުޅި ރައްޔިތުންގެ އިތުބާރުގައި ކޮޅުފައިން ޖެހި ބޭފުޅެއްގެ ގޮތުގައި ޑރ. ޖަމީލްވަނީ ސިފަ ކުރައްވާފައެވެ.

އެގޮތުން ދިވެހިންނަށް މުއިއްޒުގެ މަކަރުވެރި އަޚްލާގު މިއަދު ކަށަވަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވަޢުދުވުމާއި ބަހުގެ އިތުބާރު މިކަންތަކަކީ ދީނީގޮތުން ފުއްދަންޖެހޭ ކަމެއްކަން އޮޅިއްޖެކަމަށްވެސް ޑރ. ޖަމީލް ފާހަގަ ކުރެއްވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved