ޒާހިދާއި ސަލާހު ހުވައިކުރެއްވުން: އެ ދެބޭފުޅުން ވަނީ އިސީގެ މެންބަރު ކަމަށް އައްޔަނުކުރައްވާފައި -- / ރައީސް އޮފިސް
ހަބަރު
އީސީގެ މެންބަރު ކަމަށް ޒާހިދާއި ސަލާހު އައްޔަން ކުރައްވައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
26 ޖެނުއަރީ 2025
މާލެ ސިޓީ

އިލެކްޝަންސް ކޮމިޝަން (އީސީ) އަދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމަށް، ކޮންމެ ތަނަކަށް ދެ ބޭފުޅުން ރައީސް މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވަނީ ޒާހިދާއި ސަލާޙް އީސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލުކުރައްވާފަ އެވެ.

އެ ދެ ބޭފުޅުންނަށް ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ކަމަށްވާއިރު، ޒާހިދާއި ސަލާޙް ވަނީ ހުވައިގެ އިގުރާރުގައި ސޮއިކުރައްވާފައެވެ،

މި މަހުގެ 16ގައި މަޖިލީހުގެ 68 މެންބަރުންގެ އިއްތިފާގުން ވަނީ އެ ދެބޭފުޅުން އީސީގެ މެންބަރު ކަމަށް އައްޔަންކުރަން ފާސްކޮށްފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved