March 19, 2026
Advertisement
އޭސީސީއަށް އަލަށް އައްޔަން ކުރެއްވި ދެ ބޭފުޅުން--
އޭސީސީއަށް އަލަށް އައްޔަން ކުރެއްވި ދެ ބޭފުޅުން-- / އޭސީސީ

އޭސީސީގެ މެންބަރުކަމަށް އަހުމަދު ނާޝިދާއި އަބްދުﷲ ނާޝިދު އައްޔަން ކުރައްވައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 26, 2025, 06:40 PM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުޢިއްޒު، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް، ދެ ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.

Advertisement

އަހުމަދު ނާޝިދަކީ ކުރިން ޕޮލިސް ބޯޑްގެ މެންބަރުކަމާއި، އެސިސްޓަންޓް ޕޮލިސް ކޮމިޝަނަރުގެ މަޤާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

‎ޢަބްދުﷲ ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަ އޮފް އެޑިއުކޭޝަން ސްކޫލް މެނޭޖްމަންޓް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނަ އަކީ އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުގެ މެނޭޖަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

‎އޭސީސގެ މެންބަރު ކަމަށް އެ ދެ ބޭފުޅުން އައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު މަހާޒް އަލީ ޒާހިރުގެ ކުރިފުޅުމަތީގައި އެބޭފުޅުން ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ކުރެއްވި އެވެ.

އޭސީސީ އަށް މިއަދު އައްޔަންކުރި ދެ މެންބަރުންނަކީ މި މަހުގެ 20 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރުހުން ދި ދެ ބޭފުޅުންނެވެ. އޭސީސީއަށް ދެ މެންބަރުން އައްޔަންކުރީ އެ ކޮމިޝަންގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މި ދެ މެންބަރުން އައްޔަން ކުރެއްވުމާއެކު މިހާރު އޭސީސީގައި ފަސް މެންބަރުން ތިއްބަވާނެއެވެ. އެއީ ކޮމިޝަންގެ ރައީސް އަލްއުސްތާޒް އާދަމް ޝާމިލް އާއި މެންބަރުން ކަމަށްވާ އަލްއުސްތާޒާ ޝިޔާމާ މުހައްމަދާއި ޝަޒްނާ ހާޝިމާއި އަޙްމަދު ނާޝިދާއި ޢަބްދުﷲ ނާޝިދުއެވެ.

އޭސީސީގެ މެންބަރުކަމުގެ ދައުރަކީ 5 އަހަރު ދުވަހެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved