March 14, 2026
Advertisement
މޫސުމަށް ސަމާލުވާ މެޓުން ވަނީ އެދިފަ
މޫސުމަށް ސަމާލުވާ މެޓުން ވަނީ އެދިފަ / ޕޮލިސް

މޫސުމަށް ސަމާލުވުމަށް މެޓުން މިއަދުވެސް އިލްތިމާސްކޮށްފި

Hussain Nawaf
ހުސައިން ނަވާފް
Jan 26, 2025, 06:30 PM

މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް މެޓުން މިއަދުވެސް އިލްތިމާސްކޮށްފިއެވެ.

އެގޮތުން އެކިހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށް މެޓުންވަނީ ލަފާކޮށްފައެވެ.

އެއިދާރާއިން ހާމަކުރި ގޮތުގައި އިރުދެކުނާއި ދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ލަފާ ކުރެއެވެ.

އެގޮތުން ކަނޑުތައް އާދައިގެވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެކަމާއި ރާޅުތަކުގެ އުސްމިން 3 ފޫޓާއި 6 ފޫޓަށް އަރާނެކަމަށްވެސް މެޓުންވަނީ ލަފާކޮށްފައެވެ.

ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާދިސާއެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް، އެމްއެންޑީއެފް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191އަށް ގުޅައިގެން މަޢުލޫމަތު ހިއްސާ ކުރެއްވުމަށް އެމްއެންޑީއެފް އިންވެސް މީގެ ކުރިންވަނީ އިލްތިމާސް ކޮށްފައެވެ.

Advertisement
މޫސުމީ ސަމާލު
މޫސުމީ ސަމާލު
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved