

ޕީޕްލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީއަށް ވަގަށް މެމްބަރުން ވެއްދި މައްސަލަ އިލެކްޝަންސް ކޮމިޝަން އީސީން ނުބަލާ ފައިސާ ދޫކުރުމަށް ރާވަމުންދާކަމުގެ ހަބަރު ލިބޭ ކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރި ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްެޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ރ.މުއިއްޒު ވަގަށް ޕީއެންސީއަށް ވެއްދި މީހުންގެ މައްސަލަ އީސީއިން ނުބަލާ މުއިއްޒަށް ފައިސާ ދޫކުރުމަށް އީސީއިން ރާވަމުންދާ ކަމުގެ ޚަބަރު ލިބޭ. 30މިލިއަން ރުފިޔާ ނެގުމުގެ ވިސްނުންކަން ގެންގުޅުއްވަނީ. މިއީ ރޯމާދުވާލު ކުރާ ވައްކަން. ކޮބާ ޕީޖީ?
— Mohamed Maleeh Jamal (@maleehjamal) January 26, 2025
އެއީ 30 މިލިއަން ރުފިޔާގެ ނެގުމުގެ ވިސްނުމެއްކަމަށް މަލީހު ވިދާޅުވެ އެކަމާއި ގުޅިގެންވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި އެއީ ރޯމާ ދުވާލު ކުރާ ވައްކަމެއްގެ ގޮތުގައި ތުހުމަތުކޮށް މިއަދު ޕްރޮސެކިއުޓަރ ޖެނެރަލް ޕީޖީ ކޮބައިތޯ މަލީހުވަނީ ސުވާލު އުފައްދަވާފައެވެ.
އެގޮތުން ރައީސް މުހައްމަދު މުއިއްޒު ވަގަށް ޕީއެންސީއަށް މެމްބަރުން ވެއްދި މައްސަލަ އީސީއިން ނުބަލާ އެމަނިކުފާނަށް ފައިސާ ދޫކުރުމަށް ރާވަމުންދާ ކަމުގެ ޚަބަރު ލިބޭކަމަށް މަލީހުވަނީ ވިދާޅުވެފައެވެ.
ޕީއެންސީއަށް ވަގަށް މީހުން ވެއްދިކަމުގެ އަޑުތައް ފެތުރިފާވާއިރު މިވަގުތު މެންބަރުން އެންމެ ގިނަ ސިޔާސީ ޕާޓީއަކީ ވެސް ޕީއެންސީ އެވެ. އެގޮތުން މިވަގުތު 68،968 މެންބަރުން ޕީއެންސީގައި އެބަ ތިއްބެވެ.