
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރައްޔިތުން ދިން ވެރިކަމެއްގެ މަތީ ތިބެ މިއަދު އެމަނިކުފާނަށް ރައީސް ޑރ މުހައްމަދު މުއިއްޒުދަނީ އަނިޔާވެރިވަމުންކަމަށް ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އަދަދު ނޫހުން ޝާއިރު ކުރި މެޑަމް ސާޖިދާ މުހައްމަދު މީޑިއާތައް ހިންގުމުގައި އަދި ނޫސްވެރިކަން ކުރުމުގައި ޒިންމާދާރުވުމަށް އިލްތިމާސް ކުރެއްވި ހަބަރު އެޓްޗް ކުރައްވާފަވެ އެވެ.
އެގޮތުން އެކަމަނާގެ ފިރިކަލުން ރައީސް މުުއިއްޒު ވީ ބޮޑު މަކަރުވެރިޔަކަށްކަމަށް ޑރ. ޖަމީލް ފާހަގަ ކުރެއްވި އެވެ.
އެގޮތުން ރައީސްގެ ދެކަބަނލުން ދިވެހި ގައުމަށް ދަސްކޮށްދޭނެ ފިލާވަޅެއް ނެތްކަމާއި ގައުމެއްގެ ޙަޔާތުގައި މިހާ ދެފުށް ދެގޮތް ބަޔަކު ދެކުނިންތޯވަނީ ސުވާލު އުފައްދަވާފައެވެ. އެހެންކަމުން އަޚްލާގާއި އިސްލާމްދީނުގެ ވާހަކަ މިއަދު މެޑަމް ސާޖިދާމެން ދެއްކުން ވަރަށް އައިބު ކަމެއްގެ ގޮތުގައި ޑރ. ޖަމީލް ސިފަ ކުރެއްވި އެވެ.
އަދި ރައީސް ޔާމީނަށް ރައްޔިތުން ދިން ވެރިކަމެއްގެ މަތީ ތިބެ މިއަދު އެމަނިކުފާނަށް އަނިޔާވެރި ވަނީ الله ތަޢާލާއަށް ޖަވާބުދާރީވާން ޖެހޭނެކަމަށް ހަނދާންނެތިތޯވެސް އެމަނކުފާނުވަނީ ސުވާލު އުފައްދަވާފަ އެވެ.
އެގޮތުން އަމިއްލަ ނަފްސު އިޞްލާޙުކުރުމަށްފަހު އެހެން މީހުންނަށް ނަޞޭޙަތް ދިނުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ޑރ. ޖަމީލްވަނީ ވިދާޅުވެފަ އެވެ.










