March 20, 2026
Advertisement
ކުޑަކުއްޖަކު ދުއްވި ޕިކަޕެއް ފެންސެއްގައި ޖެހިއްޖެ
ކުޑަކުއްޖަކު ދުއްވި ޕިކަޕެއް ފެންސެއްގައި ޖެހިއްޖެ / އެމްވީކްރައިސިސް

ކުޅުދުއްފުށީގައި ކުޑަކުއްޖަކު ޕިކަޕެއް ދުއްވަނިކޮށް ކޮންޓްރޯލުނުވެ ފެންސެއްގައި ޖެހިއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 28, 2025, 03:25 AM
މާލެ ސިޓީ

ކުޅުދުއްފުށި ސިޓީގައި ކުޑަކުއްޖަކު ޕިކަޕެއް ދުއްވަނިކޮށް އެކްސިޑެންޓުވުމުން، ފުލުހުން އެ މައްސަލަ ބަލަން ފަށައިފިއެވެ.

Advertisement

ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ހދ. ކުޅުދުއްފުށީގައި ދުއްވި ޕިކަޕެއް ފެންސެއްގައި ޖެހޭ މަންޒަރު ފެންނަ ވީޑިއޯއެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން އެ ޕިކަޕް ދުއްވާފައިވަނީ 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއްކަން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އެ މައްސަލަ ތަހުގީގު ކުރަން ފަށައިފައިވާއިރު، ފުލުހުން ވަނީ ޕިކަޕް ޓޯކޮށްފަަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން، ޕިކަޕް ކޮންޓްރޯލް ނުވެގެން ގޮސް ފެންސެއްގައި ޖެހޭ މަންޒަރު ފެނެއެވެ. އަދި ފިރިހެނަކު ޕިކަޕުން ފައިބައި އުޅަނދުގެ ހާލަތު ބަލަން ހުއްޓައި، ކުޑަކުއްޖަކު ވެސް ޕިކަޕުން ފައިބާ މަންޒަރު ފެނެއެވެ.

އެއަށްފަހު ޕިކަޕުގައި ހިފައި ފަހަތަށް ޖައްސައި، ބޮޑު މީހާއާއި ކުއްޖާ ޕިކަޕަށް އަރައިގެން ދުއްވާފައިދާ މަންޒަަރު ވީޑިއޯއިން ފެނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved