April 4, 2026
Advertisement
ދިއްދޫގައި ދެމި ބެނަރތައް
ދިއްދޫގައި ދެމި ބެނަރތައް / ސޯޝަލް މީޑިއާ

ދިވެހީންގެ ރާއްޖެ ވެރިއަކަށް އިސް ކުރެވުނީ ބަޚުލޫލެއް: ދިއްދޫ ރައްޔިތުން

Jan 28, 2025, 06:04 PM
މާލެ ސިޓީ

ދިވެހީންގެ ރާއްޖެ ވެރިއަކަށް އިސް ކުރެވުނީ ބަޚުލޫލެއް ކަމަށް ހއ. ދިއްދޫ ރައްޔިތުން ބުނެފިއެވެ.

Advertisement

އެ ރައްޔިތުން މިފަދައިން ބުނެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. ދިއްދޫއަށް ވަޑައިގަތުމުގެ ކުރިން އެ ރަށުގައި ރޭ ދެމި ބެނާތަކުގެ ޒަރީއާއިންނެވެ.

ރައީސް މުއިއްޒު ވަޑައިގަތުމުގެ ކުރިން އެމަނިކުފާނާ ދެކޮޅަށް ޝުއޫރުފާޅު ކުރަން ރޭ ބެނާ ދެމީ އިދިކޮޅު އެމްޑީޕީން އާއި ޑިމޮކްރެޓްސްގެ މެންބަރުންނެވެ. އެ ދެ ޕާޓީގެ މެންބަރުން ހިތްހަމަނުޖެހުން ފާޅު ކުރަން ބެނާ ދަމަން ނިންމީ ރަށަށް ރަށަށް ކޮށްދޭން ވައުދުވި ކަންކަމުގެ އެއްވެސް ވައުދެއް ނުފުއްދޭތީއެވެ.

އިދިކޮޅު މެންބަރުން ރޭ ބެނާތައް ތައްޔާރު ކުރަމުން ދަނިކޮށް ފުލުހުންގެ ޓީމެއް ވަނީ އެ މަސައްކަތް ކުރަމުންދިޔަ ގެޔަށް ވަދެ އިންޒާރެއް ދީފަ އެވެ. އޭގެ ކުރިން ދުވަހު އެމްޑީޕީގެ ދިއްދޫ ދާއިރާގެ ރައީސް އާއި ނައިބު ރައީސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.

ރައީސް އެ ރަށަށް ވަޑައިގަންނަވާއިރު "ދަތުރަށް ހުރަސް އެޅޭ ގޮތަށް" ޝުއޫރު ފާޅު ނުކުރަން އިންޒާރުދީ ދިއްދޫ ކައުންސިލުން ވަނީ އެމްޑީޕީއަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.

ރައީސް ހއ. އަތޮޅަށް ކުރައްވާ ދަތުރުގައި ދިއްދޫ ހިމެނޭ ގޮތަށް ޖުމުލަ 10 ރަށަކަށް ވަޑައިގަންނަވާނެ އެވެ. ދިއްދޫގެ އިތުރުން ދެން ވަޑައިގަންނަވާނީ ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، މުރައިދޫ، ތަކަންދޫ، އުލިގަމު އަދި އުތީމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved