April 4, 2026
Advertisement
ރައީސް މުއިއްޒު މުރައިދޫއަށް ވަޑައިގެންެވުމުން މަރުހަބާ ކިޔުމަށް ބަނދަރުމަތީ ޖެހީ ބަޚްލޫލު ލަވަ
ރައީސް މުއިއްޒު މުރައިދޫއަށް ވަޑައިގެންެވުމުން މަރުހަބާ ކިޔުމަށް ބަނދަރުމަތީ ޖެހީ ބަޚްލޫލު ލަވަ / ރައީސް އޮފިސް

ބަޚްލޫލު ލަވަ ޖަހާ ރައީސް މުއިއްޒު ލަދުގަންނުވާލައިފި

Jan 29, 2025, 01:39 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ރަށަށް ފައިބައިވަޑައިގެންނެވި ވަގުތު ބަޚްލޫލު ލަވަ ޖަހާ އެމަނިކުފާނު ލަދު ގަންނަވާލައިފިއެވެ.

Advertisement

މިކަން ހިނގާފައިވަނީ މިހާރު ރައީސް މުއިއްޒު ހއގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ މުރައިދޫއަށް ވަޑައިގެންނެވުމުންނެވެ.

އެގޮތުން އެ ރަށުގެ ރައްޔިތުން ވަނީ ރައީސް މުއިއްޒު ބަނދަރު ސަރަހައްދުގައި ހުންނަވަނިކޮށް "ތީ ބަޚްލޫލެކޭ" ލަވަ އަޑު ހަރުކޮށް ޖަހާފައެވެ. ހއ. މުރައިދޫ އިން، ރައީސް މުއިއްޒަށް ފާލަން މަތިން މަރުހަބާ ކިޔުމަށް ޖެހީ "ތިއީ ބަހުލޫލެކޭ" ލަވައެވެ. ‏އެތައް މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ރަށްތަކަށް ދަތުރުކޮށް ދޮގު ވާހަކައާއި ދޮގު ވައުދުތައް ވާ ކަމަށް ބުނެ ރައީސް މުއިއްޒު ރަށްރަށަށް ނޭރުމަށް ވެސް ރައްޔިތުން ދަނީ ގޮވާލަމުންނެވެ.

ރައީސް މުއިއްޒު ރިޔާސީ އިންތިޚާބުގެ ތެރޭގައި ރަށްތަކުގެ ރައްޔިތުންނަށްވީ ވައުދުތައް ނުފުއްދަވާ މިހާރު ރަށްރަށަށް ދަތުރުކުރައްވަމުން ގެންދަވާއިރު ގިނަ ބަޔަކު ރަށް ރަށުން ނުކުމެ ދަނީ ރައީސް މުއިއްޒުއާ މެދު ނުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved