February 25, 2026
Advertisement
ޑރ. ޖަމީލް
ޑރ. ޖަމީލް / ޝަފްރާޒް | ތޭރަ އިމޭޖްސް

ރައީސް މުއިއްޒުގެ އިސްތިއުފާގެ އަޑު ގަދަވެއްޖެ، ވެރިކަން ކުރުމުގެ ހައްގު ވަނީ ގެއްލިފައި: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Jan 29, 2025, 10:01 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމާ މެދު ހިތްހަމަ ނުޖެހި ރައްޔިތުން އިސްތިއުފާއަށް ގޮވާ އަޑު ގަދަވަމުންދާ ކަމަށާ އެހެންކަމުން މިހާރު ވެރިކަން ކުރައްވަން ހުންނެވުމުގެ ހައްގު އެމަނިކުފާނުގެ ކިބައިން ނިގުޅިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް މުއިއްޒު އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދތަުރުފުޅުތަކުގެ ތެރެއިން ހއ ދިއްދޫއަށް ވަޑައިގެންނެވުމުން އެ ރަށު ރައްޔިތުން ވަނީ ނުކުމެ ރައީސް މުއިއްޒު ވެރިކަމުން ދުރަށް ދިއުމަށާ އިސްތިއުފާ ދިނުމަށްވެސް ގޮވާލާފައެވެ.

އެކަމަށް އިޝާރާތްކުރައްވާ ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް އައުމަށް ބާރު ހޯދީ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރާނެކަމުގެ ވައުދާ އެކު ކަމަށާ ނަމަވެސް ވެރިކަމަށް ވަޑައިގެން އެ ވައުދާ ޚިލާފުވެ މިހާރު ގެންދަވަނީ މައްސަލަތައް އައުކޮށް ކޯޓުތަކުގައި ހިންގުވަމުން ކަމަށްވެސް ޑރ ޖަމީލު ވިދާޅުވެފައިވެއެވެ.

މިއަދު ރައީސް މުއިއްޒު ރަށް ރަށަށް ވަޑައިގެންންވުމުން ފެންނަމުން ދަނީ ރައްޔިތުންގެ ނުރުހުމާ ރުޅިވެރިކަން ކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ، ރައީސް މުއިއްޒަކީ މިހާތަނަށް ރައްޔިތުންގެ މެދުގައި މަގްބޫލުކަން އެންމެ އަވަހަށް ގެއްލުނު ރައީސް ކަމަށެވެ. އަދި މިހާރު މުޅި ގައުމުގައިވެސް ރައީސް މުއިއްޒުގެ އިސްތިއުފާގެ އަޑު ގަދަވެފައިވާތީ އެމަނިކުފާނަށް ވެރިކަން ކުރުމުގެ ހައްގު ގެއްލިފައިވާ ކަމަށްވެސް ޑރ ޖަމީލު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved