April 4, 2026
Advertisement
ދިއްދޫގައި ދެމި ބެނަރތައް
ދިއްދޫގައި ދެމި ބެނަރތައް / ސޯޝަލް މީޑިއާ

ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާ މުޒާހަރާ ކުރުމުން އަތޮޅު ކޮމާންޑަރާއި ދިއްދޫ ޕޮލިސް އިންޗާޖް ހާޒިރުކޮށްފި

Jan 29, 2025, 11:12 PM
މާލެ ސިޓީ

ހއ ދިއްދޫއަށް ރައީސް މުހައްމަދު މުއިއްޒު ވަޑައިގެންނެވި ވަގުތު އެ ރަށުގެ ރައްޔިތުން މަގުތަކަށް ނުކުމެ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވި މައްސަލައިގައި ހއ އަތޮޅު ކޮމާންޑަރާއި ދިއްދޫ ޕޮލިސް އިންޗާޖް ހާޒިރުކޮށްފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި، އަންގާރަ ދުވަހު ހަވީރު ރައީސް މުހައްމަދު މުއިއްޒު ހއ. ދިއްދޫއަށް ވަޑައިގަތް ވަގުތު އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާ މުޒާހަރާ ކުރި މައްސަލައިގައި ހއ އަތޮޅު ކޮމާންޑަރާއި ދިއްދޫ ޕޮލިސް އިންޗާޖް ހާޒިރުކޮށްފައިވަނީ ހޯމް މިނިސްޓަރު އަލީ އިހްސާން އަންގަވައިގެން އަތޮޅު ގެއަށެވެ.

އެ ދެ ފުލުހުން ހާޒިރު ކުރީ ރައީސް މުއިއްޒު އާ ދެކޮޅަށް ދިއްދޫ ރައްޔިތުންގެ ބަޔަކު މުޒާހަރާ ކުރުމާ ގުޅިގެން އެކަން ހުއްޓުވާފައި ނުވާތީކަމަށް ބުނެއެވެ. އެކަމުގައި ވަޒީރުގެ ހޮތްހަމަ ނުޖެހުން ވަރަށް ބޮޑަށް އެ ދެ ފުލުހުންނަށް އަމާޒުކުރިކަމަސްވެސް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައިނުވެއެވެ.

ދިއްދޫ ރައްޔިތުން ވަނީ އެރަށަށް ރައީސް މުއިއްޒު ކޮށްދެއްވަން ވައުދުވެވަޑައިގެންނެވި އެއްވެސް ކަމެއް މިހާތަނަށް ކޮށްދެއްވާފައިނުވާތީ އެމަނިކުފާނު ކައްޒާބެއްގެ ގޮތުގައި ސިފަކޮށް ބަޚލުޅެއްގެ ގޮތުގައި ވެސް ސިފަކޮށްފައެވެ.

އެ ބަސްތައް ބޭނުންކޮށްގެން ރަށުގައި ދެމި ބެނާރތައްވެސް ފުލުހުން ވަނީ ނަގާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved