April 5, 2026
Advertisement
ފަތުރުވެރިން ރާއްޖޭގައި
ފަތުރުވެރިން ރާއްޖޭގައި / މިނިސްޓްރީ އޮފް ޓޫރިޒަމް

2025 ވަނަ އަހަރު ރާއްޖެއަށް ވުރެ ސްރީލަންކާ ފަތުރުވެރިކަމުގެ ދާއިރާގައި ކުރީގައި!

Hussain Nawaf
ހުސައިން ނަވާފް
Jan 30, 2025, 08:23 PM

އަހަރުގެ ފުރަތަމަ 26 ދުވަހުގެ ތެރޭގައި ރާއްޖެއަށް ވުރެ ސްރީލަންކާ ފަތުރުވެރިކަމުގެ ދާއިރާގައި ކުރީގައި އޮތްކަން ހާމަވެއްޖެއެވެ.

Advertisement

ޓުއަރިޒަމް މިނިސްޓްރީން އާންމު ކުރާ ޑެއިލީ ޓުއަރިސްޓް އަރައިވަލްސް ރިޕޯޓުގައިވާ ގޮތުގެ މަތިން 26 ޖެނުއަރީ 2025ގެ ނިޔަލަށް ދިވެހިރާއްޖެއަށްވަނީ 178,151 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ޑެއިލީ ޓުއަރިސްޓް އަރައިވަލްސް ރިޕޯޓު 26 ޖެނުއަރީ 2025 ގައި
ޑެއިލީ ޓުއަރިސްޓް އަރައިވަލްސް ރިޕޯޓު 26 ޖެނުއަރީ 2025 ގައި

ސްރީލަންކާގެ ޓުއަރިޒަމް ޑިވަލޮޕްމަންޓް އޮތޯރިޓީން ނެރުނު ވީކްލީ ރިޕޯޓުގައިވާ ގޮތުގެ މަތިން އަހަރުގެ ފުރަތަމަ 26 ދުވަހުގެ ނިޔަލަށް އެ ގައުމަށް ޒިޔާރަތްކޮށްފައިވަނީ 212,838 ފަތުރުވެރިންނެވެ.

ސްރީ ލަންކަން ޓުއަރިސްޓް އަރައިވަލްސް 26 ޖެނުއަރީ 2025ގެ ނިޔަލަށް
ސްރީ ލަންކަން ޓުއަރިސްޓް އަރައިވަލްސް 26 ޖެނުއަރީ 2025ގެ ނިޔަލަށް


އެގޮތުން ރާއްޖެ އާއި އަޅާ ކިޔާއިރު އަހަރުގެ ފުރަތަމަ 26 ދުވަހު ލަންކާއަށްވަނީ 34,687 އިތުރު ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު ހޮވުނުފަހުން ސަރުކާރުގެ އިސް ފަޑީގައި ތިބި ބައެއް ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރާ މޯދީއަށް ހަނގާ ކުރުމުގެ ސަބަބުން އިންޑިއާ މާކެޓުވަނީ ގެއްލިފައެވެ. އެގޮތުން ތަފާސް ހިސާބުން ދައްކާ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ނިސްބަތަކީ 2.9 އިންސައްތައެވެ. އެއީ 8,529 ފަތުރުވެރިންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved