March 19, 2026
Advertisement
ރައީސް މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި
ރައީސް މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި

އާދައިގެ ސިޔާސީ މުވައްޒަފުންގެ މުސާރައިން އުނިކުރި ނަމަވެސް ރައީސްއާ ވަޒީރުން ދަނީ ފުލް މުސާރަ ނަގަމުން!

Mariyam Isaadha
މަރިޔަމް އިސާދާ
Jan 30, 2025, 08:15 PM
މާލެ ސިޓީ

ސިޔާސީ މުވައްޒަފުންގެ މުސާރަތައް ކުޑަކުރިއިރު ވެރިންގެ މުސާރައިން އުނި ނުކުރާކަމުގެ ޝަކުވާ އިތުރުވެއްޖެއެވެ.

Advertisement

ޖަނަވަރީ މަހުން ފެށިގެން ސަރުކާރުން ސިޔާސީ މުވައްޒަފުންގެ މުސާރަތައް ޖަމާކުރާނީ ކޮންމެ މުވައްޒަފެއްގެ މުސާރައިންވެސް %10 އިންސައްތަ އުނިކުރުމަށް ފަހުކަމަށް ކުރިން ވަނީ ނިންމާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ އާދައިގެ ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ މުސާރައިންވެސް ބައެއް އުނިކޮށްފައިވާއިރު ސްޓޭޓު މިނިސްޓަރުންގެ މުސާރައިން ވެސް ވަނީ އިނުކޮށްފައެވެ. ނަމަވެސް މި ސަރުކާރުގެ އެއްވެސް އިސްވެރިއެއްގެ މުސާރައިން އުނިކޮށްފައި ނުވާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން ރައީސުލްޖުމުހޫރިއްޔާއާއި ކެބިނެޓް ވަޒީރުންގެ މުސާރައިން އެއްވެސް މިންވަރެއް އުނިކޮށްފައެއް ނުވެއެވެ.

ރޯދަމަސް ކުރިޔަށް އޮއްވާ، މިފަދަ ގޮތަކަށް ސަރުކާރުން ނިންމީ ރައީސް މުއިއްޒުގެ އެންގުމަށް ކަމަށް ގިނަ ބަޔަކު ބުނަމުން ދއެވެ. އަދި ސިޔާސީ މަގާމުތަކުގައި ތިބި ގނަ ބަޔަކު ގެންދަނީ މިއީ އަނިޔާވެރިކަމެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

އެގޮތުން ތަކެތީގެ އަގަށާ ޚިދުމަތުގެ އަގަށް ބަދަލެއް ނުގެނަސް މުސާރައިން އުނި ކުރުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން ނިންމި ދެރަވަރުގެ ނިންމުމެއް ކަމަށް ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved