ރައީސް މުއިއްޒު / ސަންގު
ސިޔާސީ
މަޝްރޫއުތައް މިވަގުތު ހުރީ ހުއްޓިފައިކަމަށް ސަރުކާރުން އެއްވަސްވެއްޖެ!
Hussain Nawaf
ހުސައިން ނަވާފް
30 ޖެނުއަރީ 2025

ރަށްރަށުގައި ކުރިއަށް ދިޔަ މަޝްރޫއުތައް މިވަގުތު ހުރީ ހުއްޓިފައިކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އެއްބަސްވެ ވަޑައިގަންފިއެވެ.

މިފަދައިން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ހެ އުލިގަމަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

ހުއްޓިފައި ހުރި ހުރިހާ ޕްރޮޖެކްޓެއް ފެށުމަށް ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ދަނީ މިހާރު ކުރިއަށްކަމަށް ވިދާޅުވެ ރައީސް މުއިއްޒުވަނީ ނުނިމި ގިނަ ދުވަސްވެފައިވާ މަޝްރޫއުތަކާ ގުޅިގެން ކުންފުނިތަކާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލު ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާކަމަށް ހާމަކޮށްފައެވެ. އަދި ރަށްރަށުގައި ކުރިއަށްގެންދާ ގިނަ މަޝްރޫއުތަކެއް ދީފައިވަނީ އެންމެ ކުންފުންޏަކަށްކަމަށްވެސް ރައީސްވަނީ ފާހަގަ ކުރައްވާފައެވެ.

އެގޮތުން ހުއްޓިފައި ހުރި މަޝްރޫތައް އަލުން ފަށަން މަސައްކަތް ކުރަމުންދާނީ ސަރުކާރު ކުންފުނިތަކާއި މިނިސްޓްރީތަކުގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހާ ވެސް ގުޅިގެން ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައިވަނީ ފާހަގަ ކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved