ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން
ސިޔާސީ
ރައީސް މުއިއްޒު ހަފްތާ ފައްޓަވަނީ ބައްޕާފުޅުގެ ފޮތުން ނިންމަވަނީ ހިޓްލަރުގެ ފޮތުން: މަލީހު
Mariyam Isaadha
މަރިޔަމް އިސާދާ
31 ޖެނުއަރީ 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަން ކުރަން ހަފްތާ ފައްޓަވަނީ ބައްޕާފުޅު ފޮތުން ނަމަވެސް ހަފްތާ ނިންމަވަނީ އެޑޮލްފް ހިޓްލަރުގެ ފޮތުން ކަމަށް ވިދާޅުވެ ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުގެ ފާޑުކިޔުން އަމާޒުކުރައްވައިފިއެވެ.

ސަރުކާރު ހިންގަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ މަލީހު ވާހަކަ ދައްކަވާފައިވަނީ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މަލީހު ވިދާޅުވީ ސަރުކާރުގެ ތެރެއިން ދަނީ ހުރިހާ ދިމާއަކުން ވައްކަން ކުރަން ކަމަށާ އެގޮތުން ޕީއެންސީއަށް ވަގަށް މީހުން ވައްދައިގެން ވެސް ރައީސް މުއިއްޒު އުޅުއްވަނީ ވެސް ދައުލަތުގެ ފައިސާއިން ވައްކަން ކޮށް އަމިއްލަ މަންފާއަށް ކަމަށާ އެ ގޮތަށް އަމަލުކުރާ ނަމަ ރައީސް މުއިއްޒުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރެވެންވާނެ ކަމަށްވެސް މަލީހު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވެރިކަންކުރުމަށް ހަފާތް ފަށަނީ ބައްޕާފުޅުގެ ފޮތުން. ހަފްތާގެ މެދު ތެރެއިން ފެންނަނީ މުސައިލަމަތުލް ކައްޒާބުގެ ފޮތުން. ބައެއް ފަހަރު ހީވޭ ހަފްތާ ނިންމާލަނީ، އޮގަސްޓޯ ޕިނޭޝިއޭ އެޑޯލްފް ހިޓްލަރގެ ފޮތުންނޭ.

- މަލީހު

މަލީހު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުއާ ޑރ ޚަލީލުއާ ސައިދުމެން ފަދަ ބޭފުޅުން ތިއްބވައިގެން އިގްތިސޯދު ކުރި އަރާފާނެކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved