ޕީއެންއެފްގެ އެސްޖީ މަލީހު / ތޭރަ އޮންލައިން
ސިޔާސީ
ވެރިކަމުގެ ނިމުން ފެށިއްޖެކަން މިހާރު ރައީސް މުއިއްޒަށް އިހްސާސްކުރެވޭނެ: މަލީހު
Hussain Nawaf
ހުސައިން ނަވާފް
01 ފެބްރުއަރީ 2025

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ނިމުން ފެށިއްޖެކަން މިހާރު އެމަނިކުފާނަށް އިހްސާސްކުރެވޭނެކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ބަހާ އަމަލާ ދިމާނުވުމަކީ އިތުބާރު ގެއްލޭކަމެއްކަމަށް މަލީހުވަނީ އެ ޕޯސްޓްގައި ފާހަގަ ކުރައްވާ ވެރިމީހާޔާއަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުމުން ދެން އަމާޒުވާނީ ރައްޔިތުންގެ ރުޅިވެރިކަންކަމަށް ވިދާޅުވެފައެވެ. އެގޮތުން މުއިއްޒަށް އޮތީ ދަތި އުނދަގޫ ރާސްތާއެއްކަމަށް މަލީހުވަނީ ވިދާޅުވެފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން އިންތިޒާމް ކުރި "ފުދިއްޖެ، ފުނޑިއްޖެ" ހިނގާލުމުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވުމާއި ގުޅިގެން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved