

ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ރައްޔިތުންގެ ތާއީދެއް ނެތްކަމަށް ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
އެގޮތުން އެއްވެސް ރައީސަކު މިހާ ފުޅާކަން ބޮޑު ގޮތެއްގައި ދޮގު ހަދާނެކަމަށް ރައްޔިތުން ކުރިން ގަބޫލު ނުކުރާކަމަށް ޑރ. ޖަމީލްގެ ޕޯސްޓުގައިވަނީ ފާހަގަކުރައްވާފައެވެ.
ނަމަވެސް މިއަދު އެއާއި ހިލާފަށް ރައްޔިތުން ގަބޫލު ކުރަނީ އެއީ ރަތްލާޖެހި މަކަރު ވެރިއެއް ކަމާއި ރައްޔިތުންނަށް ބޮޑެތި ދޮގުތައް ހަދާ މީހެއް ގޮތުގައިކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފަައެވެ. އަދި ކައްޒާބޭ ކިޔަނީ އެހެންވެކަމަށްވެސް ޑރ. ޖަމީލް ފާހަގަ ކުރެއްވިއެވެ.
އެއްވެސް ރައްޔިތަކު މިހާ ފާޅުކަން ބޮޑުކޮށް @MMuizzu މުއިއްޒު ދޮގު ހަދާފާނެކަމަށް ކުރިން ގަބޫލެއް ނުކުރޭ.
— Mohamed Jameel Ahmed (@MJameelAhmed) February 1, 2025
އެކަމަކު މިއަދު މުއިއްޒު ރަމްޒުކުރަނީ ރަތްލާޖެހި މަކަރު ވެރިއެއް ގޮތަށް! އެތަކެއް ހާސް ރައްޔިތުންނަށް ބޮޑެތި ދޮގުތައް ހަދާ މީހެއް ގޮތަށް! ކައްޒާބޭ ކިޔަނީ އެހެންވެ.… pic.twitter.com/4hnGQ6NfLX
ރައީސް ޑރ މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީނުގެ ހުސްގޮނޑި ވިއްކައިގެންކަމަށް ވިދާޅުވެ، ނަމަވެސް މިއަދު ރައީސް މުއިއްޒުވަނީ ރައީސް ޔާމީނުގެ ގައިކޮޅުގައި ކޮޅުފައިން ޖަހައިފައިކަމަށް ވިދާޅުވެ، ރައީސް ޑރ މުއިއްޒަކީ ޝުކުރުވެރިކަމުގެ ކަންފުޅެއްވެސް ނެތް ބޭފުޅެއްގެ ގޮތުގައި ޑރ. ޖަމީލް ސިފަ ކުރެއްވިއެވެ.
އެހެންކަމުން ރައީސަށް މުއިއްޒަށް މިއަދު ތާއީދެއް ނެތްކަމާއި ބާރުތައް އަބަދުވެސް އޮންނާނީ ރައްޔިތުންގެ އަތުގައިކަމަށް ޑރ. ޖަމީލްވަނީ ފާހަގަ ކުރައްވާފައެވެ.
އެގޮތުން ރަައްޔިތުން މިއަދު އެދެނީ މުއިއްޒުގެ މުށުތެރޭގައި ހުރި ބާރުތައް ނެގުމަށްކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.