މިއަދު ރާއްޖޭގެ ވެރިއަކަށް ހުރީ ކޮރަކަލިއެއްހެ ސިފަ ފުރިހަމަވެފައި ހުރި މަކަރުވެރި އެއް ކަމަށް ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު އަހުމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒަކީ ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި ހުންނަވާ، ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގެން ކާމިޔާބު ހޯއްދެވި ބޭފުޅެއްކަމާ އެމަނިކުފާނު ސިޔާސީ ގޮތުން މިއަދު ހޯދާ ކޮންމެ ކުރިއެރުމެއްގައި ރައީސް ޔާމީންގެ ހިއްސާ އޮންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ނަމަވެސް ވެރިކަމުގެ އާރާ ބާރު ލިބިވަޑައިގެންނެވުމުން ރައީސް މުއިއްޒު ރައީސް ޔާމީން މަތިން ހަނދުމަ ނައްތާލާ އެމަނިކުފާނާ މެދު ބޭއިންސާފުވެރިވެފައިވާއިރު އެ ކަންކަމަށް އިޝާރާތްކުރައްވާ ވައްޑެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާރު ވެރިކަމުގައި ހުންނެވި ކަޅު އޮށް ބަނޑު ދަށުގައި އޮވެ ކައިގެން ބޮޑުވި ކޮރަކަލިއެއް ނަމަވެސް އެއީ މަކަރުވެރިއެއް ކަމަށެވެ.
Mihaaru verikamuga huree kalhuoh bandudhashufa hure kaigen boduvaa kahala korakalee sifa jehifa huri makaruveri eh pic.twitter.com/FdL1EDWKH1
— WADDE 🇲🇻 (@wadde_mv) February 1, 2025
ބެލެވޭ ގޮތުގައި ވައްޑެ އެ އިޝާރާތްކުރެއްވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ވެރިކަމަށް ގެނެސްދިނުމަށް އެންމެ މަސައްކަތްކޮށްދެއްވި ބޭބޭފުޅުންނާ މެދު މިއަދު ހިންގަމުންދާ ނާއިންސާފީ ކަންކަމަށެވެ.