March 29, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ޣައްސާންއާ ޝިޔާމްމެން ގޮޑީގެ ބޭނުމުގައި ޕީޕީއެމްގެ ޒުވާނުން މަގުމަތިކޮށްލީ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Feb 3, 2025, 03:10 AM
މާލެ ސިޓީ

ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، ޕްރޮގްރެސިވް ޕާޓީ އޮފް މޮލްޑިވްސް (ޕީޕީއެމް)ގެ ނައިބުންގެ ގޮތުގައި ތިއްބަވާ ޕާޓި އުވާލާ ޒުވާނުން ނިކަމެތި ކޮށްލީ އަމިއްލަ މަންފާއަށް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ، ޒުވާނުންނާ މެދު މި ސަރުކާރުން އިހުމާލުވަމުންދާ ދިއުމަށް އިޝާރާތްކުރައްވާ ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމް އުވާލާ، ވެރިކަމަށް ރައީސް މުއިއްޒު ވެރިކަމަށް ގެންނަން އެންމެ ބުރަކޮށް މަސައްކަތްކުރި، އާބާދީގެ ބޮޑު ބައި ކަމަށްވާ ޒުވާނުންނާ މެދު އިހުމާލުވަމުން ދަނީ ނުހަނު ބޮޑުކޮށް ކަމަށާ އެގޮތުން އެކަމުގައި ޕީޕީއެމްގެ ނައިބުންގެ ގޮތުގައި ތިއްބަވާ ޣައްސާންއާ ޝިޔާމް ވާގިވެރިވެފައިވާކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ޒުވާނުން ބިކަކޮށްލުމުގައި މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެމްބަރުން ވެސް ދައުރު އަދާކޮށްފައިވޭ. ޒުވާނުންނަށް ގޮތް ހޯދަދޭން އެންމެ އައުލާކަން ބޮޑީ ރައީސް މުއިއްޒު. ޣައްސާންއާ ޝިޔާމްމެން ގޮޑީގެ ބޭނުމުގައި ޕީޕީއެމްގެ ޒުވާނުން މަގުމަތިކޮށްލީ.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނާ މެދު ބޮޑު ތަނުން ސަރުކާރުން އިހުމާލުވަމުންދާ ކަމަށާ އެކަމުގެ އެއް ހެއްކަކީ މި އަހަރަށް ފާސްކުރި ބަޖެޓުގައި ޕީއެންސީ މެމްބަރުންގެ އެއްވެސް ދާއިރާއަކަށް ޕީއެސްއައިޕީ އެންމެ މަޝްރޫއެއްވެސް ހިމަނާފައިނުވާ ނުވުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved