March 28, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ވާނުވާ ބަންދުގައި ތިބޭ މީހުންގެ މައްޗަށް 15 ދުވަހުގެ ތެރޭގައި ކޭސްއެއް ބިލްޑް ކުރެވެން ވާނެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Feb 3, 2025, 03:37 AM
މާލެ ސިޓީ

ވާނުވާ ބަންދުގައި ތިބޭ މީހުންގެ މައްޗަށް 15 ދުވަހުގެ ތެރޭގައި ކޭސްއެއް ބިލްޑް ކުރެވި ފަނޑިޔާރެއްގެ ކުރިމައްޗަށް ހުށަހެޅެން ވާނެ ކަމަށް ރައިސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، ވާނުވާ ބަންދަކީ ފަނޑިޔާރުންވެސް އެކަމާ ގުޅޭ ގޮތުން ވިސްނަން ވެއްޖެ މައްސަލައެއް ކަމަށާ އެގޮތުން 15 ދުވަހުގެ ތެރޭގައި މީހެއްގެ މައްޗަށް ހައްޔަރުގައި ބަހައްޓައިގެން ހެކި ހޯދާ ދައުވާއެއް ފުލުހުން މެދުވެރިކޮށް ޕީޖީއަށް ހުށަހަޅާ ދައުވާ ނުއުފުލައިފި ނަމަ އެމީހަކު ބަންދުން ދޫކޮށްލަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ ވާނުވާ ބަންދާ ގުޅިގެން ހޯމް މިނިސްޓަރު ދެއްކެވި ވާހަކަތަކާ ގުޅިގެންވެސް ނުރުހުން ފާޅުކުރައްވާފައެވެ.

އިންޑެފިނީޓްލީ މީހުން ޖަލުގައި ބަންދުގައި ބައިތިއްބައިގެން ހެކިބަސް ނަގަން ނުޖެހޭ. 15 ދުވަސް ވާއިރު ފުލުހުންނަށް މީހާއާ ދެކޮޅަށް ކޭސްއެއް ބިލްޑްނުކުރެވެންޏާ ފަނޑިޔާރު ޖެހޭނީ އެމީހަކު ދޫކޮށްލަން. ވާނުވާ ފިލުވައިދޭނަމޭ ކިޔާފައި އައިމީހުން އަދިވެސް ނޫޅޭ އެއަށް އެޑްރެސްކޮށްދޭކަށް. ފުލުހުންނަށް އިތް ޒިންމާއެއް، ވާނުވާ ޖަހައިގެން މީހުން ބަންދުކޮށްގެން ނުގެންގުޅެވޭނެ. އެކަން އެމީހުން ކުރަންޏާ 15 ދުވަހުގެ ތެރޭގައި ދައުވާ އުފުލާ ޖަސްޓިފައިކޮށްދެވެންވާނެ.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ވާނުވާ ބަންދުގައި އެތައް ޒުވާނުންނެއްގެ ހައްގުތަކެއް ގެއްލިގެންދާއިރު މިއީ ގިނަ ޒުވާނުންގެ ވޯޠޓާ އެކު އައި ސަރުކާރެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved