ވަޖީހު ވަކިކުރުން / ސޯޝަލް މީޑިއާ
ހަބަރު
އެމްޕީއެލްގެ ސީއީއޯކަމުގެ މަގާމުން ވަޖީހު ވަކިކޮށްފި
02 ފެބްރުއަރީ 2025
މާލެ ސިޓީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ވަޖީހު އިބްރާހިމް އެ މަގާމުން ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. ޕީސީބީއިން ހާމަކޮށްފައިވާ ގޮތުގައި ވަޖީހު ވަނީ އެމްޕީއެލްގެ ސީއީއޯކަމުގެ މަގާމުންނާ އަދި ޑިރެކްޓަރުންގެ ބޯޑުންވެސް ވަކިކޮށްފައި ކަމަށެވެ.

ނަމަވެސް ވަޖީހު މަގާމުން ވަކި ކުރި ސަބަބެއް ޕީސީބީއިން ހާމަކޮށްފައި ނުވެއެވެ.

މަގާމަށް އޭނާ އައްޔަން ކުރީ ނޮވެމްބަރު 28، 2023، ގައެވެ. ވަޖީހު މަގާމުން ދުރުކޮށްފައި މިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް އެންމެ ބުރަ މަސައްކަތެއް ކުރެއްވި މަޖިލީހުގެ ރައީސް އަބްދުއްރަހީމު އަބްދުﷲ އާ ރައިސް މުއިއްޒާ ދެމެދު އޮތް ގުޅުން ހީނަރުވެ އަބްދުއްރަހީމުއާ ގާތް ގުޅުން އޮންނަ ފަރާތްތައް ސަރުޚާރުގެ މަގާމުތަކުން ދުރުކުރަމުންދާކަމުގެ އަޑުތައް ގަދަވެފައިވަނިކޮށެވެ.

އެގޮތުން ދާދި ަފހުން ވަނީ އަބްދުއްރަހީމުގެ ދަރި އިބްރާހިމު ފައިސަލްވެސް ސަބަެއް ހާމަކުރުމެއް ނެތި ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން ވެސް ވަކިކޮށްފައެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved