މުއިއްޒު ސަރުކާރުގެ ޖަވާހިރުންނަކީ އިލްމާއި ހިލްމު ނެތް ބޭފުޅުންތޯ ޑރ ޖަމީލް ސުވާލު އުފައްދަވައިފި / ސޯޝަލް މީޑިއާ
ސިޔާސީ
މި 5 އަހަރުވެސް ރައީސް ޔާމީން ބުރަކޮށް ސިޔާސީ މަސައްކަތުގައި އުޅުއްވުމުން ލިބޭ ހިތްވަރަކީ އެފަދަ ލީޑަރުންގެ އަމިއްލަ އެދުން ކުޑަކަން: ޑރ ޖަމީލް
Hussain Nawaf
ހުސައިން ނަވާފް
03 ފެބްރުއަރީ 2025

މި 5 އަހަރުވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބުރަކޮށް ސިޔާސީ މަސައްކަތުގައި އުޅުއްވުމުން ލިބޭ ހިތްވަރަކީ އެފަދަ ސާބިތު ލީޑަރުންގެ އަމިއްލަ އެދުން ކުޑަކަންކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެެވެ.

ސިޔާސީ މަސައްކަތަކީ ހިތްވަރާއި، ޢަޒުމާއި، ކެތްތެރިކަމާއި ޙިކުމަތްތެރިކަމާއި އެކު ކުރެވޭ ވަރަށް ބުރަ ، ވަރަށް އަމިއްލަ އެދުން ކުޑަކޮށް ކުރަންޖެހޭ މަސައްކަތެއްކަމަށް ޑރ ޖަމީލްވަނީ ވިދާޅުވެފައެވެ. އަދި އެ މަސައްކަތުގައި އޮޕްޗުނިސްޓުންނަކަށް ބުރަ މަސައްކަތެއް ނުކުރެވޭނެ ކަމާއި އެފަދަ ކަންކަމުގައި ޝޯޓްކަޓެއް ނޯންނަކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީނަކީ 5 އަހަރު ދުވަހުގެ ތެރޭގައި ގައުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް ދެއްވި ލީޑަރެއްކަމަށް ސިފަކޮށް ކޮންމެ މީހެއްގެވެސް އުނިކަންތައް ހުންނާނެކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

ނަމަވެސް ނިމިދިޔަ 5 އަހަރު ޖަލުގައި ހޭދަކޮށް، ނުޙައްގުން ބޮޑަތި އަނިޔާތަކެއް ތަޙައްމަލު ކުރި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީނުކަމަށް ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.

އެގޮތުން މިހިނގާ 5 އަހަރަކީ އެމަނިކުފާނުގެ ޓިކެޓް ސުޕްރީމް ކޯޓުން ބާތިލް ކުރުމުން އެމަނިކުފާނުގެ ހުސްގޮނޑި އާ، ސަޕޯޓަރުންގެ ބުރަ މަސައްކަތުން ގެނައި ސަރުކާރެއްގެ ގޮތުގައި ޑރ ޖަމީލް ވިދާޅުވިއެވެ.

އަދި މި 5 އަހަރު ވެސް އެމަނިކުފާނު ބުރަކޮށް ސިޔާސީ މަސައްކަތުގައި އުޅުއްވުމުން ލިބޭ ހިތްވަރަކީ މިފަދަ ސާބިތު ލީޑަރުންގެ އަމިއްލަ އެދުން ކުޑަ ވުމާއެކު ޖެހިލުން ކުޑަކަންކަމަށް އެމަނިކުފާނުވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެއީ ނުފެންނަވަރުގެ ސިޔާސީ ކުޅަދާނަކަމެއްކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved