

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އާއިލީ ގޮތުން ގުޅުން އޮންނަ ގިނަ ފަރާތްތައް ސަރުކާރުގެ މަގާމުތަކުން ވަކިކުރަން ފަށާފައިވާއިރު އެކަމާއި އެމަނިކުފާނު ހަނު ހުރުމާއި ގުޅިގެން ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ގިނަ ސުވާލުތަކެއް އުފައްދަވައިފިއެވެ.
މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އަބްދުއްރަހީމް ހުރީ މިވަގުތު ސަރުކާރު ބަންދެއްގެ ދަށުގައި ބެލުމުގެ ޖާގަ ބޮޑުކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނާއި ގުޅުން ހުރި ގިނަ ބައެއް ސަރުކާރު މަގާމުތަކުން ވަކި ކުރުމާއި ގުޅިގެން އަނގައިން ނުބުނެ ހުރުން އަބްދުއްރަހީމާއި ނުގުޅޭކަމަށް މަލީހު ވިދާޅުވިއެވެ.
އަދުރޭ އެހެރީ ސަރުކާރު ބަންދެއްގެ ގޮތުގައި ބެލުމުގެ ޖާގަ ބޮޑު. ގޮހޮރު ދަމައިގަންނަ އިރު އަނގައިން ނުބުނެ އިނުން އަދުރޭއާއި ނުގުޅޭ. އަދުރޭ ފޯނު އޭނަ އަތުގަ އެބައޮތް ތޯ?. މީޑިއާ އާއި ބައްދަލުކުރުމުގެ މިނިވަންކަން އޭނަޔަށް އެބައޮތްތޯ? އެކްސް ކުރެވޭތޯ? pic.twitter.com/0Xq2DLrqbR
— Mohamed Maleeh Jamal (@maleehjamal) February 2, 2025
އެގޮތުން މިއަދު އަބްދުއްރަހީމްގެ ފޯނާއި އެކްސް ކުރުމުގެ މިނިވަންކަމާއި މީޑިއާ އާއި ބައްދަލު ކުރުމުގެ މިނިވަންކަން އޮތްތޯ މަލީހުވަނީ ސުވާލު އުފައްދަވާފައެވެ.
އަބްދުއްރަހީމުގެ ދަރި އިބްރާހިމު ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރި ކުރުމުގެ އިތުރުން އަބްދުއްރަހީމުގެ ދަރީގެ ބަފައިބެ އެމްޕީއެލްއެގެ ސީއީއޯ މުހައްމަދު ވަޖީހާއި ފައިސަލްގެ އަނބިމީހާގެ ބޭބެ ހަސަން އިރުފާން، ސިޓީސް ލޯކަލް ގަވަންމަންޓު އެންޑް ޕަބްލިކު ވޯކްސްގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުންވަނީ ހަފްތާއެއްހާ ދުވަސް ތެރޭގައި ވަކިކޮށްފަކަން ފާހަގަކޮށްލެވެއެވެ.